ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ، ނުބައި ކަންތައް ދޫކޮށް ހެއޮކަމުގެ މަގަށް ރުޖޫޢަވުން

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ، ނުބައި ކަންތައް ދޫކޮށް ހެއޮކަމުގެ މަގަށް ރުޖޫޢަވުން
ލިޔުން:
ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަންދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތްކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މި މައުލޫއެވެ.
ހުތުބާގައި ބުނީ އަންނަ އާދިއްތަ ދުވަހަކީ ހިޖުރީ އައު އަހަރު ފެށޭ ދުވަސްކަމަށާއި އެހެންކަމުން ކީރިތި ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެއްކަމަށެވެ. ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަންދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތްކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައްތައް ދޫކޮށް ހެއޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ.
ޢަބްދުﷲ ބުނު ޢަމްރުގެ އަރިހުން ރިވާވެގެން ވެއެވެ. އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ﷺ އަރިހުގައި މީހަކު ދެންނެވިއެވެ ﷲ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ! ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުހެލިވުމެވެ"
ހުތުބާގައި ބުނީ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެގޮތުން ކީރިތި ރަސޫލާ ﷺ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާންކުރައްވާފައެވެ.
ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅީފައިވަނީ ރަސޫލާ ﷺ ހިޖުރަކުރައްވައި، މައްކާއިން މަދީނާއަށް ވަޑައިގެން މަތިވެރި ހާދިސާ އާއެވެ.
ހުތުބާގައި ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައިވުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޙަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާލާ ކަމެއް!

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު ކިޔެވުމަށް ސުންނަތުން ޘާބިތުވާ ސޫރަތްތައް

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ފިރިމީހާ ހިލޭ އަންހެނަކާ ގުޅުން ބާއްވާނަމަ ކަންތައްކުރާނީ ކިހިނެއް؟

"ފަލަސްތީނު ފޯރަމް' ގެ ދެވަނަ އެޑިޝަން އައްޑޫގައި ބާއްވައިފި

ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުން
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
