މާލެ: 31°C

ސިންގަޕޫރުން ސަން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ދެކެވުނު ވާހަކަ ސިޔާމް ދޮގުކުރައްވައިފި

July 22, 2023
2 ފަހަރު ބަލާފައި
ސިންގަޕޫރުން ސަން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ދެކެވުނު ވާހަކަ ސިޔާމް ދޮގުކުރައްވައިފި
ސިންގަޕޫރުން ސަން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ދެކެވުނު ވާހަކަ ސިޔާމް ދޮގުކުރައްވައިފި
ބައެއް މީޑިއާތަކުން ސިންގަޕޫރުގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ޕާސްޕޯޓު ހިފެހެއްޓި ކަމަށް ފަތުރަމުން ދިޔަ ވާހަކަތަށް ސިޔާމް ދޮގު ކުރައއވައިފި  އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ހިލްޓަން މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު  އެވެ. ނަމަވެސް ސިންގަބޫރުން މާލެ ވަޑައިގެން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ސިޔާމް ވަނީ އެވާހަކަތަށް ދޮގު ކުރައްވާފައެވެ. ސިޔާމް ވިދާޅުވީ، އެއީ ސިޔާމްއަށް  އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި، އެވާހަކަ ތަށް އޭނާ އަށް ވެސް ފެނުނީ ނޫސް ތަކުގެ ހެޑްލައިން ތަކުން ކަމަށެވެ. " ސިނަގަޕޫރުގަ ހިފައްޓާ ބަންދުކޮށް ފުރޭނެގޮތެއް ނުހަދާ،  އެއްގޮތަކަށް ވެސް ނެތް  ، އަޅުގަނޑަށް އިނގޭ ކަމެއްވެސް ނޫން ތި، އަޅުގަނޑަށް ވެސް ފެނުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން " ސިޔާމް ވިދާޅުވި އެވެ. ސިޔާމް ވަނީ ރާއްޖޭގެ ނޫސްވެރިކަން ކުރާ ފަރާތް ތަކުން ނޫސްތަށް ގެނައުމުގައި ޒިންމާދާރުކަމާ އެކީ އެކަން ކުރުމަށް ނަސޭހަތް ތެރިވެވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ