މީގެ ކުރިންވެސް އެމަނިކުފާނުވަނީ އެތުހުމަތުތައް ތަކުރާރުކުރައްވާފައެވެ. އެގޮތުން ރޭޖެ ޖަލްސާގައިވެސް އެމަނުކުފާނުވަނީ ހައިކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު މައްސަލައަށް ނުފޫޒު ފޯރުވަން ހައިކޯޓުގެ ފަނޑިޔާރެއް ރާއްޖެއިން ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި ވާހަކަވެސް ތަކުރަރުކުރަށްވައި އެކަން ކުރީވެސް ކޮންބައެއްކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ޕޮރޮސެކިއުޓަރުން ތިންހަތަރު އަޑުއެހުމަށް ހާޒިރު ނުވުމުން މަހެއްހާދުވަހު މައްސަލަ ކުރިއަށް ނުގެންދެވި ދިޔަ ކަމަށާއި، އެކަން ކުރި މީހުންވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ.
ރައީސް ޔާމީނު އެ މެރުމުން ވާހަކަފުޅުދެއްކެވިއިރު ޕީއެންސީން އެއްމެ ފަހުން ބޭއްވި ހަރުގެ ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީނަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.







