ސަރުކާރުން ދެބޯގެރި ދުއްވުން ހުއްޓާލުމަށް ފައްޔާޒް ގޮވާލައްވައިފި

ސަރުކާރުން ދެބޯގެރި ދުއްވުން ހުއްޓާލުމަށް ފައްޔާޒް ގޮވާލައްވައިފި
ލިޔުން:
ސަރުކާރުން ދެބޯގެރި ދުއްވުން ހުއްޓާލައި އިގްތިސާދު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ކުރެވެންހުފި ކަންކަން ކުރުމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.
ފައްޔާޒް މިގޮތައް ގޮވާލައި ސޯޝަލް މީޑިއަ ޕްލެޓްފޯމް އެކްސް ގަސި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމާއި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭނެކަމަށެވެ.
އަދި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނަގަޅުކަމަށް ވަޒީރުން ވިދާޅުވާއިރު، ރައްޔިތުން ހިތިބޭސް ބޯންޖެހޭނެކަމަށް ސަރުކާރުން ބުނަމުން ދިއުމަކީ އިގްތިސާދު ރަނަގު ހާލަތުގައި ހުރިނަމަވެސް ރައްޔިތުންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއްކަމުގައި އެވެ.
އިތުރަށް ފައްޔާޒް ވިދާޅުވެފައިވަނީ ބޭރުގަ ކިޔަވަން ތިބި ފަރާތްތަކާއި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެގޮތެއް ސަރުކާރުން ބުނަންޖެހޭ ކަމަށާއި، ކައުންސިލަރުން މަދުކުރާވާހަކަ ދެއްކުމުގެ ކުރިން ރައީސް ވިދާޅުވި ގޮތައް ސިޔާސީ މުވައްށަފުންގެ އަދަދު މަދުކުރަންޖެހޭ ކަމަށެވެ.
އަދި އޭގެ އިތުރުން މާލީ ހާލަތު އޮތްގޮތް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމަށާއި، ސަރުކާރުން ގެންނަން އުޅޭކަމަށް ބުނަމުންދާ ބަދަލުތަކުގައި އިހްލާސްތެރިމެއް ނެތްކަމަށެވެ. އަދި ރަނގަޅު ބަދަލު ތަކަށް އެމްޑީޕީން ވެސް ތާއިދު ކުރާނެ ކަމަށާއި ގުއުމުގެ މާލީ ހާލަތު ވާނުވާ ގަ ބާއްވައިގެން ގައުމަށްލިބޭނެ އެއްވެސް މޮޅެއް ނެތްކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
