މާލެ: 31°C

ސަރުކާރުން ކައުންސިލްތައް އެއްފަރާތްކުރަން އުޅެނީ ކައުންސިލްތަކަށް ބަޖެޓްކޮށްފައިވާ ގުރާންޓްގައި އަތްނުލެވިގެން - ކުރީގެ މެންބަރ އަލީ ނިޔާޒް

August 6, 2024
2 ފަހަރު ބަލާފައި
ސަރުކާރުން ކައުންސިލްތައް އެއްފަރާތްކުރަން އުޅެނީ ކައުންސިލްތަކަށް ބަޖެޓްކޮށްފައިވާ ގުރާންޓްގައި އަތްނުލެވިގެން - ކުރީގެ މެންބަރ އަލީ ނިޔާޒް
ސަރުކާރުން ކައުންސިލްތައް އެއްފަރާތްކުރަން އުޅެނީ ކައުންސިލްތަކަށް ބަޖެޓްކޮށްފައިވާ ގުރާންޓްގައި އަތްނުލެވިގެން - ކުރީގެ މެންބަރ އަލީ ނިޔާޒް
ސަރުކާރުން ކައުންސިލްތައް އެއްފަރާތްކޮށް ކައުންސިލް ތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރަނީ ލާމަރުކަޒީގާނޫނުގެ ދަށުން ބަޖެޓް ކޮށްފައިވާ ގުރާންޓްގައި އަތްނުލެވިގެންކަމަށް ހިންނަވަރު ދާއިރާގެ ކުރީގެ މެންބަރ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިން ރޭ ބޭއްވި ހަވަރުބެރު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ މި ސަރުކާރުން ވަރަށްބޮޑަށް ކައުންސިލް ތަކުން ބޮޑެތި އިސްރާފްތައް ކުރަމުންގެންދާކަން ދައްކަން މަސައްކަތްކުރާ ކަމަށާއި އެ ގޮތުން ކައުންސިލްކުން ބޭރަށް ދަތުރުކުރާތީ އެކަމާވެސް ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށެވެ. ނަމަވެސް އެ ކަންބޮޑުވުމަކީ އިޙްލާސްތެރި ކަންބޮޑުވެމެއް ނޫންކަމަށާއި އެކަންބޮޑުވުމުގެ ފަހަތުގައިވަނީ ކައުންސިލްތަކަށް ކަނޑައަޅައި ބަޖެޓް ކޮށްފައިވާ ގްރާންޓް ބޭކާރު އެއްޗަކަށް ހަދައި އޭގެ ބޭނުމެއް ނެތްކަމަށް ދައްކައި އޭގައި އަތްލުން ކަމަށެވެ. އިތުރަށް އަލީ ނިޔާޒް ވިދާޅުވީ ކައުންސިލަށް ބަޖެޓް ކޮށްފައި އޮންނަ ގުރާންޓް ގެ ވާހަކަ ސަރުކާރުން ރަށްރަށަށް ގޮސް ރައްޔިތުންނަށް ވިސްނަދޭން މަސައްކަތްކުރަނީ ބޭނުން ނުކޮށް ހުންނަ ބޭކާރު ފައިސާއެއް ގޮތުގައިކަމަށާއި އެހެންކަމުން އެފައިސާ ސަރުކާރުން އެހެންކަމަކަށް ބޭނުންކުރަން ލިބޭނަމަ ސަރުކާރަށް މާރަނގަލު ކަންކަން ކުރެވޭނެ ކަމަށެވެ. ކައުންސިލްތަކުން ބޭރަށް ކުރާ ދަތުރުތަކަކީވެސް ވަރަށް މުހިއްމު ބޭންުންތެރި ދަތުރުތަކެއްކަމަށް އަލީ ނިޔާޒު ފާހަގަކުރައްވަމުން ވިދާޅުވީ މ.ވޭވަށު ކައުންސިލުން ތައިލެންޑަށް ކުރި ދަތުރަށް ސަރުކާރުގެ ވެރިން މަލާމާތްކުރާއިރު އެ ދަތުރުން ވޭވަށު ކައުންސިލަށް 5 ލައްކަ އެމެރިކާ ޑޮލަރު ލިބިފައިވާކަމަށާއި އަދި އެ ދަތުރުގެ ސަބަބުން ވޭވަށުގައި ބޭރުފަރާތަކުން ކުރާ އިންވެސްޓްމަންޓުން އަހަރަކު ވޭވަށު ކައުންސިލަށް 12 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ