މާލެ: 31°C

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މީޑިއާގެ މިނިވަންކަން ގެއްލިދާނެ: ރައީސް ސޯލިހު

March 1, 2024
2 ފަހަރު ބަލާފައި
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މީޑިއާގެ މިނިވަންކަން ގެއްލިދާނެ: ރައީސް ސޯލިހު
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މީޑިއާގެ މިނިވަންކަން ގެއްލިދާނެ: ރައީސް ސޯލިހު
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މީޑިއާގެ މިނިވަންކަން ގެއްލިގެން ހިނގައިދާނޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުި ވިދާޅުވެއްޖެއެވެ. އެމްޑީޕީން މިރޭ ބޭއްވި މިސްރާބު ހަމަމަގަށް- ދޮގު ދޮލަނގު ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަދުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު ފެނިގެންދިޔައީ ރާއްޖޭގައި އޮތް މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމަށް މަސައްކަތް ފެށި މަންޒަރުކަމަށެވެ. މިގޮތުން ސަރުކާރަށް ފާޑުކިޔަމުން އައި ބައެއް ވެބްސައިޓްތަކަށް ނުވަދެވޭނޭހެން އެ ސައިޓްތައް ބްލޮކްކުރިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިމަތިވި އެތައް ޕްރެޝަރުތަކާހެދި ސަރުކާރަށް އެންމެފަހު މަޖުބޫރުވީ، ބްލޮކްކުރި ސައިޓްތައް ދޫކޮށްލަން ކަމަށެވެ. "މި ސަރުކާރު ވެރިކަމަށް އައުމާއެކު އެންމެ ފުރަތަމަ ކުރަން ފެއްޓި މަސައްކަތަކީ ރާއްޖޭގައި މިއަދު މިއޮތް ފައްކާވެފައިވާ ޑިމޮކްރެޓިކް ނިޒާމް ހަލާކޮށްލާ ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް. ދޮގުހަދައި އޮޅުވާލުމުގެ އިތުރަށް ގާނޫނު އަސާސީން ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް. އެގޮތުން އެންމެ ފުރަތަމަ ކުރި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމަށްޓަކައި ކުރެއްވި މަސައްކަތް" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ނޫސްތައް ދޫކޮށްލިނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށާއި، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ، ސަރުކާރަށް ފާޑުކިޔާ ހުރިހާ ނޫސްތަކެއް ބަންދުކުރާނޭ ކަމަށެވެ. އެހެންކަމުން މި ސަބަބައްޓަކައި މަޖިލީހުގެ މެޖޯރިޓީ ގޮނޑި އެމްޑީޕީން ހޯދަންޖެހޭކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. https://twitter.com/MDPSecretariat/status/1763616640736928203 މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ތުހުމަތު ކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގު ވައްޓާލައި، އެ މަޖިލީހަށް ލިބިގެންވާ ބާރުތައް ނިގުޅައިގަތުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. ފެންފޮދެއް ބޯލާހާ ފަސޭހަކޮށް އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ގެންދިޔަ މައްސަލާގައި ރައީސް ވިދާޅުވީ އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަގު ވައްޓާލައި ބާރު ކަނޑުވާލަންވެގެން ކުރި ކަމެއްކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ