މާލެ: 31°C

ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތް ކުރެވޭނެ މޭޔަރަކު މުހިންމު: ނައިބު ރައީސް

January 3, 2024
2 ފަހަރު ބަލާފައި
ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތް ކުރެވޭނެ މޭޔަރަކު މުހިންމު: ނައިބު ރައީސް
ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތް ކުރެވޭނެ މޭޔަރަކު މުހިންމު: ނައިބު ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނު ތަސައްވަރުގައި އެ ހުންނެވި ކަންކަން، ތަންފިޒު ކުރުމަށް، އެމަނިކުފަނާއި އެއް ވިސްނުމެއްގައި ވާހަކަދެއްކޭނެ ބޭފުޅަކު މާލޭގެ މޭޔަރު ކަމުގައި ހުންނެވުމަށް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ. ސަރުކާރު ހިންގާ ކޯލިޝަނުން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނައިބް ރައީސް ހުސައިން ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ފެއްޓެވި އެތައް މުހިންމު މަސައްކަތް ތަކެއް އެބަ ހުރިކަމަށާ އެކަންކަން ފުރިހަމަ ކުރެވޭނީ ރައީސް އަދި ސަރުކާރުން ބޭނުންވާ ކެންޑިޑޭޓަކު އިންތިހާބު ކުރެވިގެންކަމަށެވެ. އަދި ދެ އަހަރާއި ހަ މަސް ދުވަހު އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި، ބޮޑު ސަރުކާރެއްގެ ފިއްތުންތަކާއި އެކުގައި ހުންނަވައިގެން ބޮޑެތި ބަދަލުތަކެއް މާލޭގެ ރައްޔިތުންނަށް ގެނެސްދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު އެއިރު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށްޓަކައި ފެއްޓެވުމާއި ގުޅިގެން، ސަރުކާރާ ރައްޔިތުންގެ މަޖިލީހުން ތަފާތު ފިއްތުންތަށް ކުރިމަތިކުރެއްވި ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސާބިތުކަންމަތީ އިހުލާސްތެރިކަން ރައްޔިިތުންނަށް ދެއްކުމަށްޓަކައި ތެދުވެރިކަމާއި އެކީގައި ފަހަތަށް ނުޖެހި މިހާރުގެ ރައީސް ކުރިއަށް ވަޑައިގަތުމުގެ ނަތިޖާއަކީ މިއަދު ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވާ، ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެބޭފުޅާއާ ހަވާލު ކުރެވުނު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އެހެން ބައެއް ކެންޑިޑޭޓުންވެސް އެމަނިކުފާނުގެ ހިދުމަތް ގަބޫލުފުޅުކުރައްވާ، އެމަނިކުފާނުގެ މާލޭގެ ތަސައްވަރަކީ ކޮންމެހެންވެސް ތަންފީޒު ކުރަން ޖެހޭ އެއްޗެއް ކަަމަށް ގަބޫލުފުޅު ކުރައްވާ އެމަނިކުފާނާއި އެކީގައި ތިމަންނަމެން މި ތިބީ ކަމަށް ވިދާޅުވަމުންގެންދަވާ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޑރ،. މުއިއްޒު ބޭނުންފުޅުވަނީ މާލޭގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތައް އެއްބާރުލުން ދޭނެ މޭޔަރެއް ކަމަށް ނައިބް ރައިސް ވިދާޅުވިއެވެ. އަދި އެފަދަ ބޭފުޅަކީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ