މާލޭގެ މޭޔަރުކަމަށް ވާދަކުރި ސައިފު ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ހޯދީ ޖުމްލަ 15 ވޯޓުން

މާލޭގެ މޭޔަރުކަމަށް ވާދަކުރި ސައިފު ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ހޯދީ ޖުމްލަ 15 ވޯޓުން
ލިޔުން:
އިއްޔެ ބޭއްވުނު ދަޑިމޮކްރެޓްސް ގެ މަޖްލިސް ޕްރައިމަރީގައި އެޕާޓިގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރުކަން މިހާރު ކުރައްވާ އަދި އެންމެ ފަހުން ނިމިދިޔަ މޭޔަރު އިންތިހާބުގައިވެސް ވާދަކުރެއްވި ސައިފް ފާތިހް (އައިއްކޮ) ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރައްވައިފިއެވެ.
ސައިފް މި ޓިކެޓް ކާމިޔާބް ކުރެއްވީ އެންމެ 15 ވޯޓުންނެވެ. މި އިންތިހާބުގައި ސައިފާއި ވާދަކުރެެއްވި ކެންޑިޑޭޓަށް ލިބިފައިވަނީ އެންމެ 12 ވޯޓެވެ.
ސައިފް ގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ ޓިކްޓް ކާމިޔާބު ކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލިޙުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސެން ފިރުޝާން އެވެ.ފިރުޝާން އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ 74 ވޯޓް ހޯދައިގެންނެވެ.
އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިނތިހާބުގައި ވާދަކުރުމުގެ ފުސަތު މިހާރު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، މިހާތަނަށް ކުރިމަތިލައްވާފައިވަނީ އެންމެ ދެ ކެންޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
