މާލެ: 31°C

ރަނިންމޭޓަކަށް ވާން ބޭނުމެއް ނޫން، އެއީ ރީކޯ މޫސަ ދައްކާ ވާހަކައެއް: ފައްޔާޒް

July 18, 2023
2 ފަހަރު ބަލާފައި
ރަނިންމޭޓަކަށް ވާން ބޭނުމެއް ނޫން، އެއީ ރީކޯ މޫސަ ދައްކާ ވާހަކައެއް: ފައްޔާޒް
ރަނިންމޭޓަކަށް ވާން ބޭނުމެއް ނޫން، އެއީ ރީކޯ މޫސަ ދައްކާ ވާހަކައެއް: ފައްޔާޒް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވާން ޝައުގުވެރިކަން ނެތް ކަމަށާއި އެކަހަލަ ވާހަކައެއް ފަތުރައިގެން އުޅެނީ މޫސާ މަނިކު (ރީކޯ މޫސަ) ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. ފައްޔާޒް މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ރަނިންމޭޓުކަމަށް ޝައުގުވެރިވާ ބޭފުޅުންގެ ލިސްޓެއްކަމަށް ބުނެ ނޫހެއްގައި ޝާއިރުކުރި ލިޔުމަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. "އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއް ތިކަމަކަށް ނެތް. ކޮންމެވެސް ސަބަބަކާއި ހުރެ ތިވާހަކަ ދައްކަވަމުން ދަނީ ރީކޯ މޫސަ. އެއީ ވަރަށް ދެރަ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒްގެ ޓްވީޓާއި ގުޅިގެން ރީކޯ މޫސަވެސް ވަނީ ޓްވީޓެއް ކުރައްވާ ފައްޔާޒަށް ރައްދު ދެއްވާފަ އެވެ. މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންއަކަށް ހުންނަން ވާނީ އާންމު މެންބަރުންނާއި ޒާތީ ނުވެ ޕާޓީގެ މެންބަރުންނާއި އެކު އުޅެވޭނެ މީހެއް ކަމަށެވެ. މީގެ އިތުރުން ދޮގުވާހަކަ ނުފެތުރުމަށް މޫސަ ވަނީ ފައްޔާޒަށް ނަސޭހަތްތެރިވެފަ އެވެ. "ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތަނުގައި އަޅުގަނޑާއި ދިމާ ކުރުމަކީ ފަޔާވެސް ކޮށްގެންވާނެ ކަމެއް ނޫން. ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ،" މޫސަ ވިދާޅުވި އެވެ. ނޫހުގައި ޝާއިރުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ރަނިންމޭޓަކަށް ވުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޝައުގުވެރިކަން އެބަ ހުއްޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ