މާލެ: 31°C

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން މަގާމަށް އަލުން އައްޔަން ކުރުމަކީ މަޖިލީހަށް ގޮންޖެހުން: އީވާ

February 13, 2024
3 ފަހަރު ބަލާފައި
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން މަގާމަށް އަލުން އައްޔަން ކުރުމަކީ މަޖިލީހަށް ގޮންޖެހުން: އީވާ
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން މަގާމަށް އަލުން އައްޔަން ކުރުމަކީ މަޖިލީހަށް ގޮންޖެހުން: އީވާ

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު 3 ވަޒީރުން އަލުން މަގާމައް އައްޔަންކޮށް އަލުން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމަކީ ރައްޔިތުންގެ މަޖިލީހަށް ގޮންޖެހުން ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ގަރާރެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ގޮންޖައްސަވައި، ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މިގަރާރު މަޖިލީހަށް ބަލައިގަނެ މިއަދުގެ ޖަލްސާގައި އެ ގަރާރުގެ ބަހުސް ދަނީ ކުރިއަށެވެ.

މިދިޔަ މަހު 29 ގައި މަޖިލީހުން މިނިސްޓަރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާގައި ރުހުން ދީފައި ނުވަނީ
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • އެޓާނީ ޖެނަރަލް އަހުމަދު އުޝާމް
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
 
ނަމަވެސް އޭގެ ދެ ތިން ގަޑިއިރު ފަހުން ހަމަ އެދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ