މާލެ: 31°C

ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަނުކުރުމަކީ ގާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން: ޑިމޮކްރެޓްސް

January 30, 2024
3 ފަހަރު ބަލާފައި
ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަނުކުރުމަކީ ގާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން: ޑިމޮކްރެޓްސް
ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަނުކުރުމަކީ ގާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން: ޑިމޮކްރެޓްސް
ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނުކުރުމަކީ ސަރުކާރުން ގާނޫނު އަސާސީގެ ހުރުމަތް ކަނޑާލުންކަމަށް ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ. ރުހުން ނުދިން ތިން ވަޒީރުން އަލުން އަނބުރާ އައްޔަނުކުރިކުރުން ކުށްވެރިކޮށް ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރުހުން ނުދިން ވަޒީރުންނަށް ރުހުން ހޯދަން ދެވަނަ ފަހަރަށް  ރައީސުލްޖުމްހޫރިއްޔާއަށްއަށް ނުފޮނުވޭނޭ ކަމަށެވެ. އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ބަންޑާރަ ނައިބުގެ ހައިސިއްޔަތާއި، އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގަައި ތާށިވެ ހުރެގެން ގާނޫނު އަސާސީގެ އިންތަކާއި މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި ދައުލަތް ތަމްސީލު ނުކުރެވޭނޭކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ބަޔާނުގައި އިތުރަށް ބުނީ ޑިމޮކްރެޓްސްއިން ރައީސް ޑރ.މުއިއްޒުގެ އެ އަމަލުފުޅުތައް ބަލައި ނުގަންނަ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ހުރުމަތާއި ދުނިޔޭގެ ޑިމޮކްރެޓްކް ހަމަތަކާއި ގާނޫނީ ދައިލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ  އެންމެ އަސާސީ މަފްހޫމުތައް ކުޑައިމީސް ނުކުރެއްވުމަށް ހަނދުމަކޮށް އަރުވާކަމަށްވެސް ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާގައި ރުހުން ނުދިން ވަޒީރުންގެ ތެރޭގައި ހިމެނެނީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ