މަޖިލީހަށް ބިލު ހުށަހަޅުއްވަމުން ޝިފާއު ވިދާޅުވީ، މިއީ މިހާރު ގާނޫނު އޮތް ގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ބަރަކާތްތެރި ރަމަޟާން މަހާ ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.
އިބުތިދާއީ ބަހުސަށްފަހު މި ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 39 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގެނަ އިތުރަށް ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި އިސްލާހު ފާސްވެއްޖެނަމަ އެއަށްފަހު އެއްވެސް އިންތިހާބެއް ރޯދަމަހުގެ ތެރެއަކު ނުބޭއްވޭނެއެވެ. މިއީ އެމްޑީޕީން ހުށައަޅާ ފައިބިލަކަށްވާއިރު މިހާރުގެ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ މި ބިލާ ދެކޮޅުހައްދަވާފައެވެ.







