މާލެ: 31°C

ރޯދަމަހަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަނީ

January 17, 2024
3 ފަހަރު ބަލާފައި
ރޯދަމަހަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަނީ
ރޯދަމަހަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަނީ
ރަމަޟާންމަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ. އާބަންކޯއިން ވަނީ މި މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައެވެ. މިސްކިތް އަޅަނީ ދެވަނަ ފިޔަވަހީގެ ކުދަކުދިންގެ ޕާކް ކައިރީ އޮންނަ ބިމުގައެވެ. މިކަމާއި ގުޅޭގޮތުން އާބަންކޯއިން ބުނީ، މިއީ 150 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، މި މިސްކިތުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ރަމަޟާންމަހު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ. އާބަންކޯއިން މަސައްކަތް ކުރަނީ ރޯދައިގެ ކުރިން މިސްކިތުގެ މަސައްކަތް ނިންމުމެށެވެ. މި މިސްކިތް އަޅަނީ އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށެވެ. https://twitter.com/hdcmaldives/status/1747567470238667140?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1747567470238667140%7Ctwgr%5E072ab0c33b411624fae1dcb0d794bd2be92a694f%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F131747 ހުޅުމާލޭ ފޭސް ދޭއްގައި ނަމާދުކުރުމަށް ދެ މިސްކިތް ހުންނައިރު، މީގެ ތެރެއިން އެއް މިސްކިތަކީ ވަގުތީ މިސްކިތެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރުވެސް ދެ މިސްކިތެއް އިމާރާތްކުރަމުން އެބަދެއެވެ. ރަމަޟާން މަހަކީ އާއްމުގޮތެއްގައި މިސްކިތްތަކަށް ބާރުބޮޑުވާ މައްސަރެކެވެ. ރަމަޟާންމަހު ގިނަ ވަގުތު މީހުން އަޅުކަމުގައި މިސްކިތްތަކުގައި ހޭދަކުރެއެވެ. އެންމެ ފުރަތަމަ ހުޅުމާލޭގައި މީހުން އުޅެންފެށިއިރު، ފުރަތަމަ ފިޔަވަހީގައި އެޅި ވަގުތީ މިސްކިތް އަދިވެސް ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ