ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ: ރައީސް

ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ: ރައީސް
ލިޔުން:
އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ތަރައްގީގެ މަޝްރުއުތައް ހުއްޓިދާނެދާނެކަމަށް ވިދާޅުވެ، ރައްޔިތުން ވިސްނުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ކެމްޕެއިން އަށް ހއ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ތަކަންދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ސާލިހު ވިދާޅުވީ، ދެހާހުގެ ކުރީ ކޮޅު އެމްޑީޕިއިން ފެށި އިސްލާހީ މަސައްކަތުގައި ތަކަންދޫގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ. އަދި ޖަލުގެ ތޭރިތަކަށް ދާން ޖެހުމުން، އެކަމާއިވެސް ތަކަންދޫގެ ރައްޔިތުން ކުރިމަތިލާފައިވާ ކަމަށެވެ.
އެގޮތުން އިސްލާހީ މަސައްކަތް ފެށިގެން މިއަދު އާދެވިފައި އޮތް ހިސާބަކީ އެދުވަހު ފެށި މަސައްކަތުން އާދެވުނު ހިސާބެއް ކަމަށާއި، ތަފާތު ގޮންޖެހުންތަކާއެކުވެސް މިއަދު އަމާޒު ހިފަނީ އުފާވެރި އަމާން ރާއްޖެއަށް ހޯދައިދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، ތަކަންދޫގެ ރައްޔިތުންގެ ވިސްނުން ވަރަށް ވެސް ސާފުކަމަށެވެ. އަދި ދަތި އުނދަގުލާއި ބިރުވެރިކަމުގެ ތެރޭގައިވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް 63 އިންސައްތަ ވޯޓު ލިބުނުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2018 ވަނަ އަހަރު ވައުދުވީ ކުދިކުދި އާބާދީ ތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން ތަކަންދޫއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށް ފެށި މަސައްކަތްތައް މިހާރު ނިމެމުން ދާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ފަށާފައިވާ މަސައްކަތުގެ ތެރެއިން އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތް އަދިވެސް އެބަހުރިކަން ފާހަގަކުރަށްވައި އެމަނިކުފާނު ވިދާޅުވީ އެެންމެ ފުރަތަމަ ކަމަކަށް ކުރަންޖެހެނީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމު ކުރުމުގެ މަސައްކަތް ކަމަށާއި މިއަދު ހޯދިފައިވާ ހަމަޖެހުމާއި އަމާންކަން ބީވެގެން ދިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި އަމާން ކަމާއި ހަމަޖެހުން ބީވެއްޖެނަމަ މިއަދު ފަށާފައި ހުރި މަސައްކަތްތައް ހުއްޓުމަކަށް އަންނާނެކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަށް ގެންނަން ފެށި ތަރައްގީީގެ މަސައްކަތްތައް އަދި ނުނިމޭކަމަށާއި، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ފާހަގަކޮށް، ބަނދަރުތައް ތަރައްގީކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، އަދި ސުކޫލުތަކަށް އިމާރާތް އިތުރުކުރުންފަދަ އެތައް މަސައްކަތެއް އެއްފަހަރާ ކުރަން ޖެހިފައި އެބައޮތްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިބޭއްވޭ އިންތިހާބުގައި ނިކުންނަން ނަތީޖާއަކުން އެކަންތައްތައް ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ރާއްޖޭގެ އެއްވެސް ރައްޔިތަކު އެފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށް ބޭނުމެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
