މާލެ: 31°C

ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

January 7, 2023
2 ފަހަރު ބަލާފައި
ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
މިއަަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑު އަހައިގެންކަމަށެވެ. މިހާރުވެސް ރައްޔިތުންގެ އަޑު އެހުމަށްޓަކައި އެމްޑީޕީގެ އެތައް ޓީމުތަކެއް އަތޮޅުތެރޭގެ އެކިރަށްތަކުގައި ހަރަކާތްތެރިވާއިރު، ރައްޔިތުންގެ ގިނަ ޚިޔާލުތަކެއް ލިބިގެންދާކަމަށެވެ. "އަޅުގަނޑުމެންގެ ވިސްނުން މިއަދުން ފެށިގެން މަސައްކަތްތައްވެސް ވިސްނުންވެސް ޚިޔާލުވެސް ފިކުރުވެސް ގެންގުޅެންވީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަކާއި، ސަރުކާރެއް އެކުލަވާލުމުގައި ކާމިޔާބު ހޯދުމަށް. އެމްޑީޕީއަށް މިކާމިޔާބު ހޯދަދޭން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންނަށް ހަރަކާތްތައް އެބަބޭއްވޭ. ބައްދަލުވުންތައް އެބަބޭއްވޭ. ރައްޔިތުންގެ އަޑު އެބައެހޭ. އަޅުގަނޑަށް ޔަގީންކަމާއިއެކު ދަންނަވަން ކެރޭ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެކަން." ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ތަފާތު ފިކުރާއި މީހުން އެއްތަންކޮށް އެ މީހުންނާއެކު މަސައްކަތް ކުރެވޭނެ ބޭފުޅެއް ކަމަށާއި އަދި އެމްޑީޕީގެ ވިސްނުމާއި ފިކުރު ކުރިއަށް ނެރެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ އެމަނިކުފާނަށް ކަމަށެވެ.

"އެކަން ކޮށްދެވޭނީ ތަފާތު ފިކުރުތަކާއެކީގައި ހިޔާލު އެއްގޮތް ކޮށްގެން ވެރިކަން ކުރެވޭނޭ ފަރާތަކަށް. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތް ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންވާނެ. އެއްވެސް ޕާޓީއަކަށް، އެއްވެސް މީހަކަށް އެކަނި ނުކުމެ، 50 ޕަސަންޓަށްވުރެ ގިނައިން ވޯޓު ހޯދައިގެން ވެރިކަން ކުރެވޭނެ ގޮތަކަށް ނޫން ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު އޮތީކީއެއް. ތެދެެއް އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީ. އެކަމާ ދޭތެރޭގެ އަޅުގަނޑުމެން އެންމެން ވަރަށް ފަހުރުވެރިވަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ މަދުވާ އެތިކޮޅު ޕަސަންޓް ނުލިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ މަގުމަތިވާންވީތޯ، ނޫންތޯ މީ މިއަދު އަޅުގަނޑުމެން ހިތާ ހިތާ ކުރަންވީ ސުވާލަކީ،" ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ