ރިޔާސީ އިންތިހާބަށް ސޮއި ހަމަ ކުރަން ފަށައިފިން: ޑރ. މުނައްވަރު

ރިޔާސީ އިންތިހާބަށް ސޮއި ހަމަ ކުރަން ފަށައިފިން: ޑރ. މުނައްވަރު
ލިޔުން:
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ހަމަ ކުރަން ޖެހޭ ސޮއި ހަމަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
'މިނިވަން' މައުލޫމާތު ދެއްވަމުން މުނައްވަރު ވިދާޅުވީ ސޮއި ހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި ކެންޑިޑެސީ ފޯމް އޮގަސްޓް ހަތެއްގެ ކުރިން އީސީއަށް ހުށަހަޅާނެ ކަމަށެވެ.
ރަނިންމޭޓާއި ބެހޭ ގޮތުން ސުވާލު ކުރެއްވުމުން މުނައްވަރު ވިދާޅުވީ އަދި ރަނިންމޭޓަކަށް ވާނެ ބޭފުޅެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ އަމިއްލަ ކެންޑިޑޭޓުނަށް އިންތިހާބުގައި ވާދަ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ 1،500 މީހުންގެ ސޮއި ހިމެނޭ ލިޔުމެއް އީސީއަށް ހުށަހެޅުމުންކަމަށް އީސީން ވަނީ ބުނެފަ އެވެ. އެ ލިޔުމުގައި އެމީހުންގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އަދި ސޮއި ހިމެނެން ޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން އިންތިހާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް އީސީއަށް 100،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
