ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ޑިމޮކްރެޓްސްއިން ޕްރައިމަރީއެއް ބާއްވަނީ

ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ޑިމޮކްރެޓްސްއިން ޕްރައިމަރީއެއް ބާއްވަނީ
ލިޔުން:
ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ ބާއްވާ ކެންޑިޑޭޓެއް ހޮވުމުގެ މަސައްކަތް ފަށާ މާދަމާ ހިސާބުގައި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލުމަށް އެ ޕާޓީން އަންނަނީ ތައްޔާރު ވަމުންނެވެ.
ޑިމޮކްރެޓްސްއިން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ވަނީ ރިޔާސީ ޕްރައިމަރީ ބާއްވަން ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.
ކުރިން އެމްޑީޕީގައި ހުންނެވި ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް މެންބަރުކަމަށްވާ އީވާ އަބްދުﷲ ވަނީ މީގެ ކުރިންވެސް ޑިމޮކްރެޓްސްއިން ކެންޑިޑޭޓެއް ނެރޭނެކަމަށް ވިދާޅުވެފަ އެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއިދު ކުރައްވާ އެމަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް އެމްޑީޕީ ދޫކޮށްލެއްވުމަށްފަހު އުފެއްދެވި ޕާޓީ އެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކޮށްނުލައްވާ އެ ޕާޓީ އަނބުރާ ހޯދުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވެ އެ ޕާޓީ ދޫކުރައްވާ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
