ރިޔާސީ ކެމްޕެއިނުތެރޭ ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ޝާއިއުކޮށްފި

ރިޔާސީ ކެމްޕެއިނުތެރޭ ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ޝާއިއުކޮށްފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުތެރޭގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ވަނީ މީގެ ކުރިންވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުތެރޭގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް ނެރޭނޭކަން އިއުލާނުކޮށްފައެވެ.
ރައީސް ޑރ.މުއިއްޒު ވަނީ ކެމްޕެއިނުތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނު މި ހުރިހާ ދަތުރުފުޅުތަކެއް ކުރެއްވީ 53 ދުވަހުގެ ތެރޭގައެވެ. މި ދަތުރުފުޅުތަކުގައި މީހުން ދިރިއުޅޭ ރަށްތަކަށް ވަޑައިގެން ތަފާތު އެކި އިންތިޚާބީ ހަރަކާތްތަކުގައި، ދިވެހި ޤައުމުގެ ޙާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވަޢުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިޢުކުރައްވައި އާންމުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްވެސް މެއެވެ. މުޅި ޖުމްލަ 1،024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުތައް ވަކިވަކިން ވަނީ ފާހަގަކޮށްދެއްވާފައިވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތަކާއި، އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ އެކުލަވައިލައްވާ އާންމުކޮށް ޝާއިޢުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހި ޤައުމުގެ އެންމެ މަތީވެރިއަކު، ޤައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް މިފަދަ ޝާމިލް، ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރުވެސް ކަމަށް ރައީސް އޮފީޙުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގެ ތިރީގައި މިވާ ލިންކުން މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބައްލަވައިލެއްވުމުގެ އިތުރުން، މުޅި ފޮތް ޕީ.ޑީ.އެފް. ފޯމެޓްގައި ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.
https://twitter.com/presidencymv/status/1755626492053082630
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ މިފޮތް ޗާޕުކޮށް، މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
