މާލެ: 31°C

ރިއްފަތާއި ޝާހިދު ވަކިކުރުމުގެ މައްސަލަ ވެސް ތާވަލްކޮށްފި

May 25, 2023
2 ފަހަރު ބަލާފައި
ރިއްފަތާއި ޝާހިދު ވަކިކުރުމުގެ މައްސަލަ ވެސް ތާވަލްކޮށްފި
ރިއްފަތާއި ޝާހިދު ވަކިކުރުމުގެ މައްސަލަ ވެސް ތާވަލްކޮށްފި
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ތާވަލުކޮށްފިއެވެ. ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައާ ގުޅުވައިގެން ރިފްއަތާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު މެމްބަރުންނެވެ. ރިފްއަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ރިއްފަތުގެ އެ މައްސަލަ މަޖިލީހުން އެޖެންޑާކޮށް، މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ބުދަ ދުވަހު ކުރިއަށް ގެންދިއުމަށެވެ. ބަންޑާރަ ނައިބު ރިއްފަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަތުމަށް މަޖިލީހުގެ އިދާރާ އިން އޭނާއަށް 14 ދުވަހުގެ ނޯޓިސް މި މަހުގެ 17 ވަނަ ދުވަހުއެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިދިކޮޅު ޕީޕިއެމް އާއި ޕީއެންސީގެ އިތުރުން އެމްއެންޕީގެ ހުރިހާ މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް ސޮއިކުރެއްވިއެވެ. އަދި ނަޝީދު ފެކްޝަނުގެ މެންބަރުމާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ސޮއިކުރެއްވިއެވެ. ޝާހިދުގެ މައްސަލަ ކުރިން މަޖިލީހުގފެ ތަޅުމަށް ވެއްދުމަށްފަހު އަނބުރާ ވަނީ ބޭރުކޮށްލާފައެވެ. އެހެން ނަމަވެސް އަލުން ވަނީ އަނެއްކާވެސް މި މަހުގެ 18 ވަނަ ދުވަހު އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ވައްދާފައެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ