މާލެ: 31°C

ރައްޔިތުންނަށް ވީ ވައުދު ފުރުހަމަ ކުރުމަށް މަޖިލީހުން 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރުމަށް ބޭނުންވޭ: ރައީސް

April 3, 2024
2 ފަހަރު ބަލާފައި
ރައްޔިތުންނަށް ވީ ވައުދު ފުރުހަމަ ކުރުމަށް މަޖިލީހުން 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރުމަށް ބޭނުންވޭ: ރައީސް
ރައްޔިތުންނަށް ވީ ވައުދު ފުރުހަމަ ކުރުމަށް މަޖިލީހުން 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރުމަށް ބޭނުންވޭ: ރައީސް
މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު މަޖިލީހުން ފާސްކުރަން ބޭނުންވާ 200 އަށްވުރެ ގިނަ ޤާނޫނު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހިޔާ ސަރަހައްދުގައި ރޭ ކުރިއަށްދިޔަ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށްޓަކާ މި ސަރުކާރުން ވީ ވައުދުތުތައް ފުއްދުމަށްޓަކައި މިހާރު ހުރި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ 200 ވަރަކަށް ގާނޫނު އެބައޮތް ކަމަށެވެ ރައީސް ވިދާޅުވީ، ކުރިއަށް މިއޮތް ދައުރުތެރޭގައި ހުށަހަޅަންހުރި ބިލްތައް ހުށަހަޅައި ނިންމައި ފާސްކުރުން ވަރަށް މުހިއްމު ކަމަށާއި، މީގެ ތެރޭގައި ބިމާބެހޭ އައު ބިލަކާއި، ބޯހިޔާވަހިކަމާ ބެހޭ ހާއްސަ ބިލަކާއި، އިމާރާތްކުރުމުގެ ބިލްތައް ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ މިއީ މި ސަރުކާރުގެ މެނިފެސްޓޯގައި ރައްޔިތުންނަށާއި ޤައުމުގެ ކުރިއެރުމަށް ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކޮންމެހެންވެސް ވުޖޫދަށް އަންނަންޖެހޭ ޤާނޫނުތަކެއް ކަމަށެވެ. ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ މި ދެންނެވި ސަބަބުތަކަށްޓަކާ ކަމަށާއި، މިކަންކަންކޮށްދިނުމުގެ ވިސްނުމުގެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހިޔާރުނުކޮށްފިނަމަ މެނިފެސްޓޯގައި ކުރަންހުރި ކަންކަން ކުރިއަށް ގެންދެވޭނެ އުއްމީދެއްނެތް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްކުރައްވަނީ ވީ ވައުދާ އެއްގޮތަށް ކަމަށާއި، މިގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެނބުރި ގައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް ހަމަޖެހިފައިވާ އުސޫލުގެ މަތިން ކުރިއަށްދާކަމަށެވެ. މިގޮތުން ބޭރު ސިފައިން ފޮނުވާލުމުގެ ކަންކަން އެންމެ ފުރަތަމަ ދުވަހު މަސައްކަތް ފެށިގޮތަށް އެއްވާނެއްގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ޑިޕްލޮމަސީގެ ފުރިހަމަ ރިވެތި އުސޫލުތަކުގެ މަތިން މަސައްކަތް އެދަނީ ކުރިއަށް. އެކަންވެސް އިރާދަ ކުރެއްވީތީ ދެފަރާތުން އެއްބަސްވިގޮތަށް، ލިޔެކިޔުމުގައި ސޮއިކުރެވިފައިވާގޮތަށް އެދަނީ ތަންފީޒުވަމުން. މިމަހުގެ ތެރޭގައި ދެވަނަ  ޕްލެޓްފޯމުގައި ތިބި ބޭރުސިފައިން ފައިބާނެ. މި އޭޕްރިލްމަހު ފައިބާނެ.ތިންވަނަ ޕްލެޓްފޯމުގައި ތިބި ސިފައިން ދެން އަންނަ މަހުގެ ދިހައެއްގެ ކުރިން ފައިބާނެ. އޭރުން ހުރިހާ ދިވެހި ބިމުގައި ތިބި ހުރިހާ ބޭރުސިފައިން ފައިބާ ނިމުނީ
ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހިންގެ ރާއްޖެ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި މިކަހަލަ އެތައްކަމެއް ކުރުމުގައި ދިވެހިންގެ ވިސްނުން އިސްކޮށް އެހެން ބައެއްގެ އެޖެންޑާ މިތަނުގައި ތަންފީޒުކުރުމުގެ ފުރުސަތު ނުދޭން ވިސްނުމުގެ މީހުން މަޖިލީހަށް ހޮވަންޖެހެނީ މި ދެންނެވި ސަބަބުތަކަށް ޓަކައި ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ