މާލެ: 31°C

ރާއްޖޭގައި ދިރިއުޅޭ ތަމަޅައިންނަށް ދީނީ ދަރުހެއް ބާއްވައިފި

March 18, 2025
207 ފަހަރު ބަލާފައި
ރާއްޖޭގައި ދިރިއުޅޭ ތަމަޅައިންނަށް ދީނީ ދަރުހެއް ބާއްވައިފި
ރާއްޖޭގައި ދިރިއުޅޭ ސްރީ ލަންކާގެ މުސްލިމް ރައްޔިތުންނަށް ހާއްސަކޮށްގެން ދަރުހެއް ބާއްވައިފި އެވެ.

ރާއްޖޭގައި ދިރިއުޅޭ ސްރީ ލަންކާގެ މުސްލިމް ރައްޔިތުންނަށް ހާއްސަކޮށްގެން ދަރުހެއް ބާއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މާލޭގެ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ދަރުސް ކުރިއަށް ގެންގޮިސްފައިވަނީ ތަމަޅަބަހުން ނެވެ. އެ ދަރުސް ގައި ދީނީ ނަސޭހަތް ދެއްވީ ސްރީލަންކާގެ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް މުރުޝިދު މުލައްފާރު އެވެ.

މި ދަރުހަކީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މުސްލިމުން ދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނާ ގުޅޭ ސައްޙަ މަޢުލޫމާތު ފޯރުކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ބޭއްވި ދަރުހެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ