ރަތްމަންދޫގެ ބަނދަރުގެ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

ރަތްމަންދޫގެ ބަނދަރުގެ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
ލިޔުން:
މ. ރަތްމަންދޫގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދަތުރުފުޅުގައި މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރަތްމަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރަތްމަންދޫ ކައުސިލުން ވަނީ އެ ރަށުގައި ބަނދަރެއް ނެތްކަމުގެ ޝަކުވާއާއި ގޮޑުދޮށް ގިރުމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާ ކުރައްވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ މި ދެ މަޝްރޫ މިހާރު ވަނީ ޕްރީ ޓެންޑަރިންގައި ކަމަށާއި މިއަހަރު ނިމުމުގެ ކުރިން މި ދެ މަޝްރޫގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން އެ ރަށުގެ ކައުންސިލުން ވަނީ ރަށުގައި މިވަގުތު ކިޔަވާ ދެނީ ގްރޭޑް ހަޔަކާއި ހަމައަށްކަން ފާހަގަ ކުރައްވާ އިތުރު ތައުލީމު ހޯދުމަށް ރައްޔިތުން ހިޖުރަ ކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅު ކުރައްވާފަ އެވެ.
"ރަށުގެ ރައްޔިތުން ބޭނުންނަމަ ރަށުގެ ކައުންސިލާއި ގުޅިގެން އެޑިކޭޝަން މިނިސްޓްރީއާއި މަޝްވަރާ ކުރަންވީ ރަށުގައި ސެޓަލައިޓް ސްކޫލް ގާއިމް ކުރުމަށް. އޭރުން ރަށުގައި ތިބެގެން 10 އަކާއި ހަމައަށް ކިޔެވުމަކީ އުނދަގޫ ކަމަކަށް ނުވާނެ." ރައީސް ވިދާޅުވި އެވެ.
ރަތްމަންދޫ ސްކޫލުގައި މިވަގުތު ކިޔަވަމުން އަންނަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންކަން ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ގްރޭޑް ހަޔަކާއި ހަމައަށް ކިޔެވުމުގެ ކަންކަން އޮތުމުން އެކަން ބަދަލުކޮށް ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައި ދިނުމަށް ސެޓަލައިޓް ސްކޫލް ގާއިމު ކުރުމަށް ރައްޔިތުން އެދޭނަމަ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން އެމަސައްކަތް އަވަސްކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާޞުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ މ. ވޭވަށަށެވެ. އެއަށް ފަހު ވަޑައިގެންނެވީ ރަތްމަންދޫއަށެވެ. ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ އެ އަތޮޅު މަޑުއްވަރީއަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
