މާލެ: 31°C

ރައީސް ޔާމީނު ވެރިކަން ނިންމަވާލެއްވިއިރު 400 މިލިއަނުން 500 މިލިއަނުން އެކައުންޓްގައިހުރީ ކޮންތާކުން ހޯއްދެވި ފައިސާއެއްތޯ؟- މަޖިލިސް ރައީސް އަބްދުއްރަހީމު

August 7, 2024
2 ފަހަރު ބަލާފައި
ރައީސް ޔާމީނު ވެރިކަން ނިންމަވާލެއްވިއިރު 400 މިލިއަނުން 500 މިލިއަނުން އެކައުންޓްގައިހުރީ ކޮންތާކުން ހޯއްދެވި ފައިސާއެއްތޯ؟- މަޖިލިސް ރައީސް އަބްދުއްރަހީމު
ރައީސް ޔާމީނު ވެރިކަން ނިންމަވާލެއްވިއިރު 400 މިލިއަނުން 500 މިލިއަނުން އެކައުންޓްގައިހުރީ ކޮންތާކުން ހޯއްދެވި ފައިސާއެއްތޯ؟- މަޖިލިސް ރައީސް އަބްދުއްރަހީމު
ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވިއިރު އެއްވެސް އެކައުންޓެއްގައި 1 ލައްކަ ރުފިޔާ ނެތް ބޭފުޅަކު ވެރިކަން ނިންމަވާލެއްވިއިރު 400 މިލިއަލުން 500 މިލިއަނުން އެކައުންޓްގައި ލާރިހުރީ ކޮންތާކުން ހޯއްދެވި ފައިސާއެއްތޯ؟ ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް ޔާމީނަށް އަމާޒުކޮށް ސުވާލު އުފައްދަވައިފިއެވެ. ރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނު ދަނީ އެމްއެންޕީއާރސީ ގެ މައްސަލަ ބެލުމަށް ގޮވާލަމުންކަމަށާއި އެމައްސަލަ ބަލަން ތައްޔާރުކަމަށެވެ. އަދި އެ މައްސަލަ ބަލަން ކޮމެޓީއެއް އުފައްދަވާފަ އެ ކޮމެޓީގެ ޗެއާރއަކަށް އެމަނިކުފާނު ލާންވާނެ ކަމަށާއި އަދި މެންބަރުންނަށްވެސް ލާންވާނީ އެމަނިކުފާނު ބޭނުންވާ މެންބަރުންކަމަށެވެ. އޭރުން އެމައްސަލަ ބެލީމަ ދެންވާގޮތް ބަލަން ހުންނެވުމަށެވެ. އަދި އިތުރަށް ވިދާޅުވީ ކުރީ ގެ ޖަލްސާގައި ނަސޭހަތްތެރިވިގޮތަށް ކުޅަދުރު ހަތައަށް އޮއްގާ ލާންނުހެދުމަށް ނަސޭހަތްރިވާކަމަށާއި، އެއީ ވަރަށް ގޯސްކަމެއްކަމަށާއި ވަރަށް ވިސްނަވައިފަ އެކަހަލަ ކަންކަން ކުރުމަށް ނަސޭހަތްތެރިވާކަމަށެވެ. "އެމްއެންޕީއާރސީ މައްސަލަ ބަލަން ކޮމެޓީއެއް އުފަށްދަވައިފަ އެ ކޮމެޓީގެ ޗެއާރއަކަށް ލާންވާނީ އަޅުގަނޑު، ދެން މެންބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާބައެއް، އެއީ އޭރުން އަޅުގަނޑު އެމްއެންޕީއާރސީ މައްސަލަ ބަލައިދޭނަން، ބަލާނަން ބަލައިފިއްޔާ ދެންވާގޮތް އެނގިވަޑައިގަންނަވާނެ" އަދި އިތުރަށް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ރައީސް ޔާމީނަށް އަމާޒުކޮށް ވިދާޅުވީ "އަބްދުއްރަހީމް ފައިސާ ހޯދީ ކޮންތާކުންހޭ ބުނީމައި، އަޅުގަނޑު ސުވާލުކޮށްލަން ބޭނުން 2013 ވަނައަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ތިމާއަށް ނިސްބތްވާ އެއްވެސް އެކައުންޓެއްގައި 1 ލައްކަ ރުފިޔާ ހަމަނުވާ ބޭފުޅަކު 5 އަހަރު ފަހުން ވެރިކަމުން ފާބައިގެން ވަޑައިގެންނެވިއިރު 400 މިލިއަނުން 500 މިލިއަނުން އެ އެކައުންޓުގައި ލާރިހުރީ ކޮންތާކުން ހޯއްދެވި ފައިސާއެއްތޯ؟ އެ ފައިސާގެ ތަފްސީލް ރައްޔިތުންނަށް ދެއްވަންވީ ނޫންތޯ؟ އެ ހޯދިގޮތް ކިޔައިދޭންވީނޫންތޯ؟" ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުންގެ ވާހަކަފުޅުތައް ބޮޑަށް އަމާޒުކުރެއްވީ ރައީސް ޔާމީނާއި ރައީސް ޔާމީން އަރިހުގައި މިހާރު ތިއްބެވި ފަރާތްތަކަށެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ