ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ރިޖެކްޓް ކޮށްފި

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ރިޖެކްޓް ކޮށްފި
ލިޔުން:
ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިއަދު ކެންޑިޑެސީ ފޯމް ހުށަހެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހެޅީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އީސީގެ ފަރާތުން ފޯމާއި ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދް ތައުފީގެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކޮށް އިތުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް 'މިނިވަން' ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ރިޖެކްޓް ކުރިކަން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ނައިބު ރައީސް ވަނީ ފޯމާއި މެދު ވިހާވެސް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގަސްތުގައި ލަސް ނުކުރައްވާނެ ކަމަށާއި މިއަދު 18:00 ގެ ކުރިން ފޯމާއި މެދު ގޮތެއް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އީސީއަށް ފޯމް ހުށަހެޅުއްވުމަށްފަހު ރައީސް ޔާމީންގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވާ ޑރ. ޖަމީލް ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ރިޖެކްޓް ކޮށްފިނަމަ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުކަމަށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
