މާލެ: 31°C

ޖަލުގައި ހުންނެވި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް!

December 30, 2022
2 ފަހަރު ބަލާފައި
ޖަލުގައި ހުންނެވި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް!
ޖަލުގައި ހުންނެވި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް!
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންޒީޒިކުރައްވަމުން ގެންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ކުރިއަށް ގެންދަން ރޭވި ހިނގާލުން ފަށައިފިއެވެ. ހިނގާލުން ފަށާފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ދޮރުމަތިންނެނެވެ. މިހިނގާލުމުގައި ބައިވެރިން ތިބީ "ފްރީ ރައީސް ޔާމީން" ޖަހާފައިވާ ކަޅު ޓީޝާޓެއް ލައިގެންނެވެ. ހިނގާލުމުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ. ހިނގާލުމުގައި ބައިވެރިވާ މީހުން ތިބީ ޤައުމީ ދިދައާއީ ޕީޕީއެމް އަދި ޕީއެންސީގެ ދިދަ ހިފައިގެންނެވެ. މާލެ ވަށައިގެން ހިނގާލުމަށްފަހު މި އިވެންޓް ނިންމުމަށް ހަމަޖެހިފައިވަނީ ހިނގާލުން ފެށި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. https://twitter.com/ProgressPartyMV/status/1608791690944581632  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ