ރައީސް ވެރިކަން ކުރައްވަނީ ގިނަ ބައެއްގެ ހެޔޮ ދުއާ އާއި އެކު: އިމްރާން

ރައީސް ވެރިކަން ކުރައްވަނީ ގިނަ ބައެއްގެ ހެޔޮ ދުއާ އާއި އެކު: އިމްރާން
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަނީ ވަރަށް ގިނަ ބައެއްގެ ހެޔޮ ދުއާ އާއި އެކު ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ވެރިކަން ކުރައްވަނީ ވަރަށް ގިނަ ހެޔޮލަފާ އަޅުންގެ އިހުލާސްތެރި ހެޔޮ ދުއާތަކުގެ ބަރަކާތާއި އެކު ކަމަށެވެ.
ރުޅި އަންނަ މީހަކު ރުޅި އަޔަސް އަދި މަލާމާތް ކުރާ މީހަކު މަލާމާތް ކުރިއަސް ރައީސް ސޯލިހު ވެރިކަމަށް އައީވެސް ގިނަ ބައެއްގެ ހެޔޮ ދުއާ އާއި އެކުކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ރައީސް ސޯލިހު އަމާން ކަމާއި އެކު ދައުރެއް ފުރިހަމަ ކުރައްވާނީވެސް އަދި ﷲގެ ރަހުމަތާއި އެކު ދެވަނަ ދައުރަކަށް ހޮވޭނީވެސް އެ މީސް މީހުންގެ ދުއާގެ ބަރަކާތުން ކަމަށެވެ.
ރައީސް ސޯލިހު 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރި އިރު އެމްޑީޕީ އާއި އެކު ކޯލިޝަންގައި ހިމެނުނު މައި ޕާޓީ ތަކަކީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމް އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ކުރިމަތިލައްވާ އިރު ކޯލިޝަންގައި ތިބީ އަދާލަތު ޕާޓީ އާއި ވިޔަފާރިވެރިޔާ އަހުމަދު ޝިޔާސް (ސަން ޝިޔާމް) ގެ އެމްޑީއޭ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ހެދި ކޯލިޝަންގައި ޖޭޕީގެ އިތުރުން އެމްއާރްއެމް ނުހިމެނުނު ނަމަވެސް ސަރުކާރުގެ މަތީ މަގާމުތަކުގައި އެ ދެ ޕާޓީގެ މެންބަރުން އަދިވެސް އެބަ ތިއްބެވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
