އެމްޑީޕީ ދެބައިވެ ސަރުކާރާ ހިޔާލު ތަފާތުވެ، ނަޝީދު ނިސްބަތްވާ ފެކްޝަންގައި ހިމެނޭ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވާ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ޕާޓީއަށް ހުއްދަ ދޭން ނިންމީ, އެކަމަށް އީސީން ބާއްވަން ޖެހޭ ބައްދަލުވުން ކޯރަމް ހަމަނުވެގެން ނުބޭއްވިގެން މައްސަލަ ހޫނުވެފައި ވަނިކޮށް އޮންލައިންކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅާ މަޝްވަރާ ކުރުމަށްފަހު އެވެ.
ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް އީސީ އަށް ހުށަހެޅީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.







