ރައީސް މ. އަތޮޅުން 60 އިންސައްތަ ނަގާނެ: އިމްރާން

ރައީސް މ. އަތޮޅުން 60 އިންސައްތަ ނަގާނެ: އިމްރާން
ލިޔުން:
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅުން 60 އިންސައްތަ ވޯޓު ހޯދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ މ. މުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މ. އަތޮޅުގެ ރައްޔިތުންގެ ތާއީދު ރައީސަށް ލިބިފައިވާކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި މ. އަތޮޅުގެ އަގުލަބިއްޔަތު ރައީސް ސޯލިހު ހޯއްދަވާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ރައީސް ސޯލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދު ތަކުގެ އިތުރުންވެސް އެތަށް ކަމެއް ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ރައީސް އިތުރަށް ވައުދުކުރައްވާނެ ކަމެއް ނެތްތާ ވައުދު ކުރެއްވި ކަންކަމަށް ވިރެ އިތުރަށް ކަންކަން ކޮށްދެއްވާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ރައީސް ސޯލިހު ކެމްޕޭން ދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްރަށުގެ ރައްޔިތުންނަށް މިހާރު ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫތަކުގެ ވާހަކަތައް ހިއްސާ ކުރައްވާކަން އިމްރާން ވަނީ ފާހަގަ ކުރައްވާފަ އެވެ. އިމްރާން ވިދާޅުވީ މިހުރިހާ ކަމަކާއި އެކު ރައީސް ސޯލިހު ހުންނެވީ މިއަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވުރެ ކުރީގައި ކަމަށެވެ. އަދި ރައީސް ސޯލިހާއި އަރާ ހަމަ ކުރެވޭނެ ކެންޑިޑޭޓެއް ނެތްކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
