ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަދުވެގެން 62 ގޮނޑި ބޭނުންވާކަމަށް

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަދުވެގެން 62 ގޮނޑި ބޭނުންވާކަމަށް
ލިޔުން:
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކުރިއަށް އޮތް ދައުރުގެ ރައްޔިތުން މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔަގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، ވެރިކަންކުރާ ކޯލިޝަނަށް 62 ގޮނޑި ލިބޭނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި މި ސަރުކާރުގެ އޮތީ އިހުލާސްތެރިކަން ކަމަށާއި، އެކަން ރައްޔިތުން ބަލައިގަންނަ ކަމަށް އުއްމީދުކުރާ ކަމަށެވެ.، ޕްރިމަރީގައި ޕާޓީގެ ދަފްތަރަށް އައި ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ ދަފްތަރަށް ބަދަލު ގެނައިކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، ބައެއް ފަރާތްތަކުން ކަމުގެ ހަގީގަތް ރަނގަޅަށް ބަލައި ނުލައި ޝަކުވާ ހުށަހަޅާފައި އެބަހުރި ކަމަށެވެ.
ޕްރައިމަރީގައި ހަމަނުޖެހުންތަކެއް ފެނިގެންދިޔަ ނަމަވެސް އެކަން ހައްލުވެ، ވޯޓުލުމުގެ ކަންކަން ރަނގަޅަށް ދިޔަކަަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
https://twitter.com/pnc_secretariat/status/1751205594504274348
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އިންތިހާބުގައި މިފަހަރު 73 ދާއިރާއަކުން 71،000 ހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ވޯޓުލުން ނިމިފައިވާއިރު، ބައެއް ދާއިރާތަކަށް އިތުރު މެމްބަރުން ކުރިމަތި ނުލާތީވެ، ޕްރައިމަރީއަކާ ނުލައި ޕީޕީއެމް/ ޕީއެންސީގެ 13 މެމްބަރަކަށް ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ވާދަކުރުމަށް ޓިކެޓް ވަނީ ކަށަވަރުވެފައެވެ.
ޓިކެޓް ކަށަވަރުވި މެމްބަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި، ޕީއެންސީގެ ނައިބު ރައީސް އިސްމާއިލް ޝުޖާއުގެ އިތުރުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
