މާލެ: 31°C

ރައީސް ޑރ.މުއިއްޒު މަގާމުން ވަކިކުރަން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ޤާސިމް އެދިވަޑައިގެންފި

January 31, 2024
3 ފަހަރު ބަލާފައި
ރައީސް ޑރ.މުއިއްޒު މަގާމުން ވަކިކުރަން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ޤާސިމް އެދިވަޑައިގެންފި
ރައީސް ޑރ.މުއިއްޒު މަގާމުން ވަކިކުރަން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ޤާސިމް އެދިވަޑައިގެންފި
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ އަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އެމްޑީޕީން ހުށައެޅުމާ ގުޅިގެން ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަޢުލަބިއްޔަތުން، ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުމަޤާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަސް ވީ ކިރިޔާ ކަމަށެވެ. އަދި އެމަނިކުފާނު ޤާނޫން އަސާސީ އާއި ޤާނޫނާއި ޚިލާފު ނުވާހާ ހިނދަކު، އަދި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެ ކަމަށްވެސް ޤާސިމް ވިދާޅުވެފައި ވެއެވެ. ޢަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާ، އަދި ރައީސުލް ޖުމްހޫރިއްޔާ ގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް އޮވެގެން ކަމަށްވެސް ޤާސިމް ފާހަގަ ކުރައްވާފައިވެއެވެ. މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފަ ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ޤައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުޞޫލުތަކާއިވެސް މުޅީން ޚިލާފު ޢަމަލެކެއްކަމަށް ސިފަކުރައްވާ ޤާސިމް ވިދާޅުވެފައިވަނީ މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތިކަން ކަމަށެމެވެ. އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ ޢަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ޤާސިމް ވަނީ ނަޞޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި މިހާތަނަށް ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުން އެގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައި، ޤައުމަށް ކުރިއެރުން ހާޞިލް ކޮށް ދިނުން ކަމަށާއި. އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ އަށް ޤާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުޞަތު ދޭންޖެހޭނެކަމަށް ޤާސިމް ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާން ވިދާޅުވެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ