މާލެ: 31°C

ރާއްޖެއިން ބޭރުގައި ހުންނަ މިހާ ރޯދަހިފަން ފެށުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

March 3, 2025
172 ފަހަރު ބަލާފައި
ރާއްޖެއިން ބޭރުގައި ހުންނަ މިހާ ރޯދަހިފަން ފެށުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟
ރާއްޖެއިން ބޭރުގައި ހުންނަ މިހާ ރޯދަހިފަން ފެށުމުގައި ޢަމަލުކުރާނީ ކިހިނެއްތޯ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله

ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ތިބެ ރޯދަމަހާ ބައްދަލުވާ މީހުން ރޯދަހިފަން ފަށާނީ އެމީހަކު އެ ހުރި ޤައުމެއްގެ މުސްލިމުން ރޯދަހިފަން ފަށާ ދުވަހުއެވެ. ދިވެހިރާއްޖެއަށް ބަލައިގެނެއް ނޫނެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވަނީ صُوْمُوا لِرُؤْيَتِهِ، وَأَفْطِرُوا لِرُؤْيَتِهِ -رواه البخاري ތިޔަބައިމީހުންނަށް ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފަންފަށާށެވެ. އަދި ތިޔަބައިމީހުންނަށް ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަހިފުން ހުއްޓާލާށެވެ.

ރާއްޖެއިން ބޭރުގައިހުރެ ރޯދަހިފަން ފަށައި ރޯދަމަހުގެ ތެރޭގައި ދިވެހި ރާއްޖެއަށް ދަތުރުކުރަން ޖެހިއްޖެނަމަ، ރޯދަމަސް ނިންމާނީ ދިވެހި ރާއްޖޭގެ އަހުލުވެރިންނާ އެކުގައެވެ. ޢީދުކުރާނީ ދިވެހީން ޢީދުކުރާ ދުވަހުއެވެ. 28 ރޯދަ ހިފުނު ނަމަ ފަހުން 1 ރޯދަ ޤަޟާކުރާނީއެވެ. އެހެނީ ރަމަޟާން މަހުގެ ރޯދަ ފުރިހަމަވީ ކަމަށް ވާނީ މަދުވެގެން 29 ހަމަކުރުމުންނެވެ. ޢަރަބި މަހުގައި އޮންނަނީ 29 ނުވަތަ 30 ދުވަހެވެ.

ރާއްޖެއިން ބޭރުގައި ރޯދަހިފަން ފަށައި ރޯދަމަސްތެރޭ ރާއްޖެއަށް އަންނަ މީހަކު ދިވެހީންނާއެކު ރޯދަހިފުމުގައި ބައެއްފަހަރު 30 ރޯދައަށްވުރެ އިތުރަށް ރޯދައެއް ހިފަންޖެހިދާނެއެވެ. އެއީ އެ ޙާލަތުގައި ހުއްދަކަމެކެވެ. މައްސަލައެއް ނޫނެވެ.

މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮންނަ މައްސަލައެކެވެ. ޖަވާބުގައި މި ބަޔާންކުރީ މައްސަލައިގެ ރާޖިޙު ގޮތެވެ.
فتاوى اللجنة الدائمة (10 / 129).
والله أعلم

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ