ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ.މުއިއްޒު މާލެ ވަޑައިގަތުން...[/caption]
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، ރާއްޖޭގެ އަމިއްލަ ވަންތަކަން ދޫކޮށްލާ "ވަން ޗައިނާ"ގެ ސިޔާސަތަށް ތާއީދުކޮށް ޓައިނާވާއެކު އެއްވެސް ގުޅުމެއް ނުބާއްވަން ރާއްޖެއިން އެއްބަސްވުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ނޫސްތަކުން ސިފަކޮށްފައިވަނީ "ބޮޑުވައި އިނގިއްޔަށްވުރެ ދުރު ނުފެންނަ ސިޔާސީ ލީޑަރުން ކުރާ ޒާތުގެ ކަމެއް"ގެ ގޮތުގައެވެ. އަދި ފަހުރުވެރިކަމާއެކު ރާއްޖެއިން ބުނަމުން ގެންދިޔަ އަމިއްލަ ވަންތަކަން ޗައިނާއަށް "ހަދިޔާކޮށްފި" ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިޔާއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް މުހިއްމު އެކުވެރިއެކެވެ. ބައިވެރިއެކެވެ. އިންޑިޔާއާމެދު މިހާރުގެ ދިވެހި ވެރިކަމުން ގެންގުޅޭ ރުޅިވެރިކަމާއި ނަފްރަތާއި ޖެއްސުންކުރުމުގެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާ ދިވެހިންނާ ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެއެވެ. ބުނަން ނޭނގެނީ އެކީ ކޮން ދުވަހަކުން ކިހިނެއް ކަމެވެ. އިންޑިޔާކަނޑުގެ ޖިއޯ ޕޮލިޓިކްސްގެ ގަދަ އޮއިވަރުގައި ރާއްޖެއިން ޖެހި އޮޔާ ނުދިޔައިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.ރާއްޖެ ޖިއޯ ޕޮލިޓިކްސްގެ އޮއިވަރެއްގައި، ނަތީޖާ ވަރަށް ހިތިވެދާނެ!

ރާއްޖެ ޖިއޯ ޕޮލިޓިކްސްގެ އޮއިވަރެއްގައި، ނަތީޖާ ވަރަށް ހިތިވެދާނެ!
ލިޔުން:
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޗައިނާ ދަތުރުފުޅަށް ފަހު އިންޑިޔާއާއި އެމެރިކާއިން ރާއްޖެއާއެކު ސީދާކޮށާއި ނުސީދާކޮށް ވާހަކަތައް ދެކެވި ކުރެވޭ މަޝްވަރާތައް ގުޅިފައިވަނީ ޖިއޯ ޕޮލިޓިކްސްއާއެވެ. އެމެރިކާގެ އިންޑޯ ޕެސިފިކް ފޯސްގެ ކޮމާންޑަރު ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އާއި ޑިފެންސް މިނިސްޓަރާ ބައްދަލުކޮށް، ރާއްޖޭގެ ދިފާއީ ހަކަތަ ވަރުގަދަކޮށް އަމިއްލަ ފުދުންތެރިކަން ފުޅާކުރުމުގައި އެމެރިކާގެ އެހީތެރިކަން އޮންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ޗައިނާ ދަތުރުފުޅު ނިންމަވައި ރާއްޖެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރައީސް ޑރ. މުއިއްޒު ވަނީ އިންޑިޔާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އިންޑިޔާކަނޑަކީ އިންޑިޔާގެ މިލްކެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގެ ސަރައްދު އިންޑިއާ ކަނޑުގައި ފެތުރިފައިވާ މިންވަރުގެ ހިސާބުތައްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދާހިލީ ކަންކަމަށް އިންޑިޔާއަށް ނުފޫޒު ނުފޯރުވޭނެކަމުގެ ސާފު ބަސްފުޅު ޑރ. މުއިއްޒު ތަކުރާރުކުރެއްވިއެވެ. އެ އިންޓަވިއުގެ ރެކޯޑިން ދިވެހި ބަހަށް ތަރުޖަމާކޮށް، ޗައިނާގެ މައި ސަރުކާރަށް، ދިވެހި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ފޮނުވާނެކަން އެނގިވަޑައިގަންނަވާތީ، ޗައިނާގެ ރުހުމާއި ތާއީދާއެކު އިންޑިޔާ ޕްރެޝަރަށް ވައްޓާލުމުގެ ހިކުމަތެކެވެ.
ދުނިޔޭގެ ގައުމުތަކުގެ ހަމަޖެހޭ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ޖިއޯ ޕޮލިޓިކްސްގެ އުސޫލުގެ ތެރެއިން އިންޑިޔާ ކަނޑާއި އިންޑިއާ ކަނޑާ ފުޅިފައިވާ ކުދި ގައުމުތަކުގެ ރައްކާތެރިކަމުގެ ޒިންމާ ހުޅަނގާއި އެމެރިކާއިން ހަވާލުކޮށްފައިވަނީ އިންޑިޔާއާއެވެ. އެކަމުގައި އެގައުމުތަކުން އިސްކުރާނީ އިންޑިޔާގެ މަސްލަހަތެވެ. މިސާލު އެ އޮތީ އަވަށްޓެރި ލަންކާއިން ފެންނާށެވެ. ލަންކާގައި ޗައިނާގެ ނުފޫޒު އާދަޔާޚިލާފަށް ގަދަވެ، އިންޑިޔާގެ ސަލާމަތަށް ނުރައްކާ ހިސާބަށް ކަންތައް ހިނގައިދާނެކަމަށް ބެލެވުމާއެކު، ހުޅަނގާއި އެމެރިކާ އަދި އިންޑިޔާ ގުޅިގެން ލަންކާގެ ވެރިކަން ފުރޮޅާލައި، ޗައިނާގެ ނުފޫޒުގެ މައްޗަށް އިންޑިޔާ އާއި އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒު ގަދަކުރިއެވެ.
ޗައިނާއިން މިފަހަރު އެދިމާކުރީ ރާއްޖޭގެ ރުހުމާއެކު އިންޑިޔާކަނޑާ ގުޅިފައިވާ އިންޑިޔާގެ ޖިޕޯ ޕޮލިޓިކްސްގެ ނުފޫޒު ކުޑަކުރެވޭނެ ރޭވުންތަކެއް ރާވައި، ރާއްޖޭގެ ސަރުކާރާއި ސަރުކާރުގެ އޮފިޝަލުން މެދުވެރިކޮށް އިންޑިޔާއަކީ "މާމުހިއްމު ބައިވެރިއެއް ނޫން"ކަން ދައްކުވައި ދިނުމާއެކު ޗައިނާއަކީ ދިވެހިންނާއި ދިވެހި ގައުމަށް "އެންމެ ހެޔޮއެދޭ" ގައުމުކަން ސާބިތުކޮށްދިނުމުގެ ވާދަވެރިކަމުގެ ހިކުމަތް އިސްކޮށްގެން އަޑިނޭނގޭ ކަންތައްތަކެއް ހާސިލްކުރެވޭތޯއެވެ.
އިންޑިޔާކަނޑާ ގުޅިފައިވާ މެރިޓައިމް އިންޓެލިޖެންސް އިންޑިޔާއިން ޖަމާކޮށް ދުނިޔޭގެ ބޮޑެތި ބާރުތަކާ ހިއްސާކުރަމުން ގެންދަނީ ކުރިން ދެންނެވި ޖިއޯ ޕޮލިޓިކްސްގެ އުސޫލުގެ ތެރެއިންނެވެ. ކަނޑުފޭރޭ މީހުންނާއި ޑްރަގު ލޯޑުންނާއި ސްމަގްލަރުންނާއި މިނޫންވެސް ވެސް ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިފައިވާ ހަރަކާތްތަކަށް ފާރަވެރިވުމުގެ އިތުރުން ޓެރަރިސްޓުންގެ ހަރަކާތްތައް ވެސް ސައްވީސް ގަޑިއިރު ބަލައި، އޭގެ ޑޭޓާތައް ގައުމުތަކާއެކު ގެންދަނީ ހިއްސާކުރަމުންނެވެ. އެހެންކަމުން ދުނިޔޭގެ ބޮޑެތި ބާރުތަކުން އިންޑިޔާއަށް، މިސަރަހައްދާ ގުޅޭ ޖިއޯ ޕޮލިޓިކްސްގައި ދީފައިވާ މަގާމު ފުޅާވެފައި ވަރުގަދައެވެ.
އިންޑިޔާކަނޑުގެ ސާވޭއެއް ކުރުމަށް ޗައިނާގެ ޓެކްނިކަލް ބޯޓެއް މިމަހު ފަހުކޮޅު ރާއްޖެ ބަނދަރުކުރާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައެވެ. މިއީ އިންޑިޔާއާއި އެމެރިކާގެ ނަޒަރުގައި އިންޑިއާކަނޑާ ގުޅިފައިވާ ސަލާމަތީ އެތައް ސިއްރުތަކެއް ޗައިނާއިން އެއްކޮށް އާކައިވްކުރުމަށް ހިންގާ ހަރަކާތެކެވެ. އެ މައުލޫމާތަކުގެ މިލްކުވެރިކަން ހަމައެކަނި ޗައިނާއަށް އޮންނަ ގޮތަށް ދިވެހިރާއްޖެއިން ދޫކޮށްލައިފިނަމަ، އިންޑިޔާ ކޮންޓްރޯލް ކުރަމުން ގެންދާ ޖިއޯ ޕޮލިޓިކްސްގެ ހަމަތަކުގެ ރޮނގުން ދިވެހިރާއްޖެ ބޭރުވާނެއެވެ. އެހިސާބުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކާއެކު ކުރަހައި ސީލްކޮށްފައިވާ އެރޮނގުން އެތެރެއަށް ރާއްޖެ ވެއްދުމުގެ ވަރުގަދަ މަސައްކަތްތަކެއް ފެށިގެންދާނެއެވެ.
ދޭދޭ ގައުމުތަކުގެ މަސްލަހަތާ ގުޅޭ ގިނަ ކަންކަމުގައި ޗައިނާ އާއި ރަޝިޔާ ގިނަ ފަހަރަށް ހިޔާލު އެއްގޮތެވެ. ނަމަވެސް މިހާރު އިންޑިއާ ޖެހުމުން ރަޝިޔާގެ ސްޓޭންޑް ބަދަލުނުވާނެކަމާ މެދު އެތައް ގޮތަކުން ސުވާލު އުފެދެއެވެ. އެއީ ރަޝިޔާއާއި ޔޫކުރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާގެ ވިސްނުމާ ދެކޮޅަށް ރަޝިޔާއަށް ފަހިވާގޮތަށް އިންޑިޔާއިން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އަދި ދެގައުމުގެ ދެމެދުގައި ދެކެވިފައިވާ ޑިޕްލޮމެޓިކް ވާހަކަތަކާއި މިލިޓަރީ ވާހަކަތަކުގެ ސިއްރު ޑައިރީއާ ހަމައަށް ވާސިލްވި ބައެއް ދިރާސާވެރިންގެ ލިއުންތައް ކިޔާލުމުން އެނގެނީ، އިންޑިޔާގެ މަސްލަހަތު ކަނޑުވާން ދޫކޮށްލައި، ޗައިނާގެ މަސްލަހަތު އިންޑިޔާ ކަނޑުގައި ގަދަކުރުމަށް ރަޝިޔާގެ އާނބަސް ލިބުމަކީ ނާދިރުކަމެއް ކަމެވެ.
[caption id="attachment_95649" align="aligncenter" width="1280"]
ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ.މުއިއްޒު މާލެ ވަޑައިގަތުން...[/caption]
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، ރާއްޖޭގެ އަމިއްލަ ވަންތަކަން ދޫކޮށްލާ "ވަން ޗައިނާ"ގެ ސިޔާސަތަށް ތާއީދުކޮށް ޓައިނާވާއެކު އެއްވެސް ގުޅުމެއް ނުބާއްވަން ރާއްޖެއިން އެއްބަސްވުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ނޫސްތަކުން ސިފަކޮށްފައިވަނީ "ބޮޑުވައި އިނގިއްޔަށްވުރެ ދުރު ނުފެންނަ ސިޔާސީ ލީޑަރުން ކުރާ ޒާތުގެ ކަމެއް"ގެ ގޮތުގައެވެ. އަދި ފަހުރުވެރިކަމާއެކު ރާއްޖެއިން ބުނަމުން ގެންދިޔަ އަމިއްލަ ވަންތަކަން ޗައިނާއަށް "ހަދިޔާކޮށްފި" ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިޔާއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް މުހިއްމު އެކުވެރިއެކެވެ. ބައިވެރިއެކެވެ. އިންޑިޔާއާމެދު މިހާރުގެ ދިވެހި ވެރިކަމުން ގެންގުޅޭ ރުޅިވެރިކަމާއި ނަފްރަތާއި ޖެއްސުންކުރުމުގެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާ ދިވެހިންނާ ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެއެވެ. ބުނަން ނޭނގެނީ އެކީ ކޮން ދުވަހަކުން ކިހިނެއް ކަމެވެ. އިންޑިޔާކަނޑުގެ ޖިއޯ ޕޮލިޓިކްސްގެ ގަދަ އޮއިވަރުގައި ރާއްޖެއިން ޖެހި އޮޔާ ނުދިޔައިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ.މުއިއްޒު މާލެ ވަޑައިގަތުން...[/caption]
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، ރާއްޖޭގެ އަމިއްލަ ވަންތަކަން ދޫކޮށްލާ "ވަން ޗައިނާ"ގެ ސިޔާސަތަށް ތާއީދުކޮށް ޓައިނާވާއެކު އެއްވެސް ގުޅުމެއް ނުބާއްވަން ރާއްޖެއިން އެއްބަސްވުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ނޫސްތަކުން ސިފަކޮށްފައިވަނީ "ބޮޑުވައި އިނގިއްޔަށްވުރެ ދުރު ނުފެންނަ ސިޔާސީ ލީޑަރުން ކުރާ ޒާތުގެ ކަމެއް"ގެ ގޮތުގައެވެ. އަދި ފަހުރުވެރިކަމާއެކު ރާއްޖެއިން ބުނަމުން ގެންދިޔަ އަމިއްލަ ވަންތަކަން ޗައިނާއަށް "ހަދިޔާކޮށްފި" ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިޔާއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް މުހިއްމު އެކުވެރިއެކެވެ. ބައިވެރިއެކެވެ. އިންޑިޔާއާމެދު މިހާރުގެ ދިވެހި ވެރިކަމުން ގެންގުޅޭ ރުޅިވެރިކަމާއި ނަފްރަތާއި ޖެއްސުންކުރުމުގެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާ ދިވެހިންނާ ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެއެވެ. ބުނަން ނޭނގެނީ އެކީ ކޮން ދުވަހަކުން ކިހިނެއް ކަމެވެ. އިންޑިޔާކަނޑުގެ ޖިއޯ ޕޮލިޓިކްސްގެ ގަދަ އޮއިވަރުގައި ރާއްޖެއިން ޖެހި އޮޔާ ނުދިޔައިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
