ގާސިމްގެ ކެމްޕޭން އޭޖެންޓްއަކަށް އަލީ ވަހީދް

ގާސިމްގެ ކެމްޕޭން އޭޖެންޓްއަކަށް އަލީ ވަހީދް
ލިޔުން:
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން މެނޭޖަރަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސައިފި އެވެ.
ގާސިމްގެ ކެމްޕޭން މެނޭޖަރަކަށް އަލީ ވަހީދު ހަމަޖައްސާ އެކަމުގެ ލިޔުން ހަވާލު ކުރީ މިއަދު ޖުމޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ލިޔުން އަލީ ވަހީދާއި ހަވާލުކޮށްދެއްވީ ވެސް ގާސިމް އެވެ.
ގާސިމްގެ ކެމްޕޭން މެނޭޖަރަކަށް އަލީ ވަހީދު ހަމަޖެއްސި އިރު އަދިވެސް ރަނިންމޭޓަށް ވާނެ ބޭފުޅެއް ކަނޑައެއް ނާޅަ އެވެ.
އަލީ ވަހީދަށް ގާސިމްގެ ކެމްޕޭން މެނޭޖަރުކަން ހަވާލުކޮށްފައި މިވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ މަައިދާނުގައި ހަރަކާތްތެރިވާން ފެށުމުންނެވެ.
ގާސިމްގެ ކެމްޕޭން އޭޖެންޓުގެ މަގާމާއި ހަވާލުވުމަށްފަހު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަގާމާއި ހަވާލުވީ މިއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
