މާލެ: 31°C

ޕީޕީއެމް ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ނިންމާނެނަމަ ހާދަ ރަނގަޅޭ: އިމްރާން

August 2, 2023
2 ފަހަރު ބަލާފައި
ޕީޕީއެމް ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ނިންމާނެނަމަ ހާދަ ރަނގަޅޭ: އިމްރާން
ޕީޕީއެމް ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ނިންމާނެނަމަ ހާދަ ރަނގަޅޭ: އިމްރާން
ޕީޕީއެމް ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށް ނިންމާނެނަމަ ރަނގަޅުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ މިައދު ހެނދުނު ކުރެއްވި ޓުވީޓެއްގައެވެ. ޓްވީޓުއްގައި އިމްރާން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާ ކަމަށާއި، އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށް އެންމެ ފަސޭހަ ފޯމިއުލާ އަކަށްވާނީ އެ ފޯމިއުލާ ކަމަށެވެ. https://twitter.com/ShimranAb/status/1686590240881094657?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1686590240881094657%7Ctwgr%5Ef553f7f635ad4b9b46acc7718919dbc63b438a39%7Ctwcon%5Es1_&ref_url=https%3A%2F%2Fdhen.mv%2F192196 ޕީޕީއެމް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ގެ ރަނިންމޭޓަކަށް ޖަމީލް ވަނީ ހަމަޖައްސަވާފައެވެ. މިކަމާ ގުޅިގެން އިމްރާން ވަނީ ރައީސް ސޯލިހު ގެ އަރިހުގައި ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މިލަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ވެސް ޖަމީލަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިމްރާން ވިދާޅުވީ، ޖަމީލް ރަނިންމޭޓުކަން ގަބޫލުފުޅުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ޖަލުގައި ހުންނެވުމުން ކަމަށާއި ޕީޕީއެމްގެ ކެންޑިޑެސީ ލިބިވަޑައިގެންފާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. މީގެ އިތުރުން އިމްރާން ވިދާޅުވި ގޮތުގައި، ޖަމީލުއާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމް/ޕީއެންސީން ދަނީ މަސައްކަތްކުރަމުންނެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެކަން ގަބޫލު ނުކުރުމުން ސްޕްރީމް ކޯޓަށް ވަނީ އެ މައްސަލަ ހުށަހަޅާފައެވެ. އަދި އެ މައްސަލަ ކޯޓުން ވަނީ ބަލައިގަނެފަ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް، މަތީ ކޯޓަކުން ބާތިލް ނުކޮށް އޮތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ