ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ތަޅާފޮޅަނީ!

ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ތަޅާފޮޅަނީ!
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިފައިވަނިކޮށް ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މައްސަލަޔާއި ގުޅިގެން އެމަނިކުފާނު ޖަލަށް ލުމުން އެޕާޓީގެ ރިޔާސީ ޓިކެޓާމެދު ވަނީ ސުވާލު އުފެދިފައެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާފައިވަނީ މިދިޔަ މަހުގެ 28 ވަަ ދުވަހުއެވެ. މިހުކުމް ތަންފީޒް ކުރައްވަމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެއެވެ. އެމަނިފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުޞަތު ލިބޭނީ އިންތިހާބުގައި ވާދަކުރަން އިލެކްޝަން ކޮމިޝަނުން ހުޅުވާލާ މުއްދަތު ހަމަވުމުގެ ކުރިން މަަތީމަރުހަލާގެ ކޯޓަކުން އެމަނިކުފާނު މިހާރު ތަންފީޒު ކުރަމުންގެންދަވާ ހުކުމް ބާތިލް ކުރުމެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮއްފައިވާއިރު އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު ޖުލައި މަހު ހުޅުވާލާނެކަމަށް ބެލެވެއެވެ. ނަމަވެސް ކުރިއަށް އޮތް 5 މަސް ދުވަހު ހައިކޯޓުން މައްސަލަ ނިމިދާނެތޯ ނުވަތަ ސްޕްރީމް ކޯޓުން މައްސަލަ ނިމިދާނެތޯ ސުވާލު އުފެދެވެ.
ރައީސް ޔާމީންގެ ހުކުމާއެކު އެކަމާ އުފާ ކުރާ ބަޔަކުވެސް ޕީޕީއެމްގެ ތެރޭގައި އުޅޭކަމީ އެޕާޓީގެ މެމްބަރުންވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ކުރިންވެސް "ހުކުމް ކުރާނެކަމަށް" ނިންމާ ބައެއް ބޭފުޅުން ކެމްޕެއިން ކުރައްވަން ފެއްޓެވިއެވެ. އަދި މި ހުކުމާއެކު ޕީޕީއެމްގެ ލީޑަރޝިޕް ވަކިވަކި ފެކްޝަންތަކަށް ބެހިި ފެކްޝަންތަކުގެ ކެމްޕެއިން ކުރަން ވަނީ ފަށާފައެވެ.
ޕީޕީއެމްގެ ރިޔާސީ ޓެކެޓަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.
"ރައީސް ޔާމީން ޖަލަށްލީ ފަހުން ސިޓީގެ ކައުންސިލްގެ ހަރަކާތްތައް އެތައް ގުނައަަކަށް އިތުރުވެއްޖެ. ރޭގަނޑާ ދުވާލު ހަކަރާތްތައް އެދަނީ ހިންގަމުން. އަމިއްލައަށް ހައްޔަރުވާންވެސް ދަނީ. އޭރުންތާ ރައީސްގެ ދިފާއުގައި މަސައްކަތް ކުރާކަމަށް ދެއްކޭނީ. ހަޤީޤަތަކީ އެއްވެސް ރަނގަޅު ނިޔަތެއް ނެތް. ދެމީހަކު އެއްވެ ރައީސް ޔާމީން މިނިވަން ކުރަން ގޮވިޔަސް އެއަޑެއް ނީވޭނެ. އެއްވެސް ރޭވުންތެރި ކަމެއްނެތް". ޕީޕީއެމްގެ އާންމު މެމްބަރަކު ބުންޏެވެ.
ޑރ. މުއިއްޒުގެ އިތުރުން ރިޔާސީ ޓިކެޓަށް މަސައްކަތް ކުރައްވާ ބޭފުުޅުންގެތެރޭގައި ޑރ. މުހައްމަަދު ޖަމީލު އަހުމަދާއި، ގައްސާން މައުމޫމާއި، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ކުރީގެ ރައީސް ޑރ. ވަހީދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހިމެނެއެވެ. މިބޭފުޅުން ވަކިވަކި ފެކްޝަންތަކަކަށް ބެހިގެއް ސިއްރިއްޔާތުގައި ދަނީ ކެމްޕެއިން ކުރައްްވަމުންނެވެ. ހަޤީޤަތަކީ މީގެ ކުރިން ރައީސް ޔާމީން ޖަލައްލުމުން މިނިވަން ކުރަން ގޮވާލާ މުޒާހަރާ ކުރިހާ މީހުން މިހާރު ނުފެނެވެ. މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހިސާބުގައި މުޒާހަރާކުރާއިރު މާލޭގައި ދުއްވާ މިނީ ބަހަށްވެސް އެއްވެސް ދަތިކަމެއްނެތި އެމަގުން ދުއްވެއެވެ. އެހާވެސް މީހުން މަދެވެ.
https://twitter.com/ProgressPartyMV/status/1611036048259420160
ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ރައީސް ޔާމީނަށް ކުރިމަތި ނުލެވުނަސް ޕީޕީއެމްގެ ރިޔާސީ ޓެކެޓް އެހެން މީހަކަށްދޭން އެމަނިކުފާނު ބޭނުމެއް ނުވާނެއެވެ. އެއީ މާޒީގެ ކަން ހިނގާފައިވާ ގޮތުންނެވެ. އެމަނިކުފާނު އަތުން ޕާޓީ ގެއްލިދާނެތީއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަން ހިނގަމުން މިދަނީ އެހެންނެވެ. ރައީސް ޔާމީން ވެރިކަމަށް އައުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން އަތުން ޕާޓީ އަތުލައި ރައީސް މައުމޫން ބޭރުކޮއްލެއްވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރުއްޔާ ކަމާ ހަވާލުވީ ފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު އެޕާޓީން ގެއްލިއްޖެއެވެ. މިކަންކަން މިގޮތަށް ހުރުމުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެހެން މީހަކަށް ދިނުމަށް ރައީސް ޔާމީން ތާއީދު ނުކުރައްވާނެކަަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
