"މިއަދު އަޅުގަނޑުމެންގެ 28 ބޭފުޅަކު ފޯމް އެ ހުށައެޅުއްވީ، މާދަމާ އިތުރު 19 ބޭފުޅަކު ފޯމް ހުށައަޅުއްވާނެ، އަދި މީގެ އިތުރުން ޕީއެންސީ ޓިކެޓްގައި ރައީސް ޔާމީންގެ ތާއީދާއެކު އެމަނިކުފާނަށް ވަފާތެރި 36 ކެންޑިޑޭޓަކު އެބަ ވާދަ ކުރޭ، އެހެން ވީމާ ޖުމްލަ 83 ކެންޑިޑޭތުން ތިއްބަވާނެ" މަލީހު ވިދާޅުވިއެވެ.ރޭގެ ޖަލްސާގައި މަލީހުގެ އިތުރުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވެސް އެކަން ފާހަގަ ކުރެއްވިއެވެ. އަދި ޔާމީން ވިދާޅުވީ ގިނަ ރައްރަށުގައި ޕީއެންސީ އަށްވުރެ ޕީޕީއެމްގެ މެންބަރުން އަދި ވެސް ގިނަ ވާނެ ކަމަށާ އެބޭފުޅުން ރައީސް ޔާމީނަށް ވަފާތެރިވާނެކަމަށެވެ.
މަޖިލިސް އިންތިހާބުގައި ރައީސް ޔާމީނަށް ވަފާތެރި އަދި އެމަނިކުފާނު ތާއީދު ކުރައްވާ 36 ކެންޑިޑޭޓަކު ޕީއެންސީ ޓިކެޓްގައި ވާދަކުރާނެ: މަލީހު

މަޖިލިސް އިންތިހާބުގައި ރައީސް ޔާމީނަށް ވަފާތެރި އަދި އެމަނިކުފާނު ތާއީދު ކުރައްވާ 36 ކެންޑިޑޭޓަކު ޕީއެންސީ ޓިކެޓްގައި ވާދަކުރާނެ: މަލީހު
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީޕީއެމް، ޕީއެންސީ އިން ވާދަކުރައްވާ ކެންޑީޑޭޓުންގެ ތެރޭގައި މިހާރުވެސް ރައީސް ޔާމީނަށް ވަފާތެރި 36 ކެންޑިޑޭޓުން ވާދަ ކުރައްވާނެކަމަށް ރައީސް ޔާމީންގެ ޕާޓީ ޕީއެން އެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ސިލްސިލާ ގޮތެއްގައި ކުރީގެ ޕީޕީއެމް އޮފީހުގައި ބާއްވަމުންގެންދާ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ރައްޔިތުންނަށް ހާއްސަކޮށް ރައީސް ޔާމީނަށް ސަޕޯޓް ކުރައްވާ ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާ ބައއެއްކަހަލަ ތަފާސް ހިސާބު އެބަހުރި ކަމަށާ އެގޮތުން ޖުމްލަ 83 ކެނޑިޑޭޓަކަށް ރައީސް ޔާމީން ތާއީދުކުރައްވާނެ ކަމަށެވެ.
އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ 36 ކެންޑިޑޭޓަކު ހިމެނޭ ކަމަށާ އޭގެ އިތުރުން މިހާރު އުފެއްދުމުގެ މަސައްކަތުގައި އުޅޭ ޕީއެންއެފްގެ ފަރާތުން (އަމިއްލަގޮތުން) 47 ކެންޑީޑޭޓަކު ވާދަ ކުރައްވާނެކަމށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
