ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި
ލިޔުން:
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ފާސްކޮށްފި އެވެ.
މިގޮތަށް ނިންމާފައިވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ފެންނަ ކަމަށް ވޯޓުލާފައިވަނީ 47 މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ.
ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރަން ނިންމުމާއިއެކު ދެން ކުރިއަށް އޮންނާނީ އެ ޕާޓީގެ ޓިކެޓަށް ވާދަ ކުރުމަށް ހުޅުވާލުމެވެ.
ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމާފައި މިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވާދަ ނުކުރެވޭ ހާލަތެއްގައި އެ ދެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބޭފުޅަކު ނެރެން އެމަނިކުފާނު ލަފާ އެރުވުމުންނެވެ. އަދި އެ ކެންޑިޑޭޓް ވާން ޖެހޭނީ އިދިކޮޅު ލީޑަޝިޕްގައި ހިމެނޭ ބޭފުޅަކަށް ކަމަށްވެސް ޔާމީން އަންގަވާފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ޕީޕީއެމްގެ މައި އޮފީހުގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ޕީއެންސީން އިންތިޚާބުގައި ވާދަކުރުމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމާއި އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް އަމަލު ކުރާނެ ގޮތެއް ނިންމުމަށް ހިމަނާފަ އެވެ. އަދި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވެ އެވެ.
ޕީއެންސީ ރިޔާސީ ޓިކެޓަށް މިވަގުތު ނުރަސްމީކޮށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އެވެ.
ޕީއެންސީ ސެނެޓުގެ މި ނިންމުމާއެކު އެޕާޓީގެ ޓިކެޓަށް ވާދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެއެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. މި އިންތިހާބުގައި ލާނީ ސިއްރު ވޯޓެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
