މާލެ: 31°C

ޕާޓީ ބައިބައިވުމުގެ ކުރިން ތިބި މެންބަރުންގެ އަދަދަށްވުރެ 1000 މެންބަރުން އެމްޑީޕީ އަށް އިތުރުވެއްޖެ.

July 6, 2023
2 ފަހަރު ބަލާފައި
ޕާޓީ ބައިބައިވުމުގެ ކުރިން ތިބި މެންބަރުންގެ އަދަދަށްވުރެ 1000 މެންބަރުން އެމްޑީޕީ އަށް އިތުރުވެއްޖެ.
ޕާޓީ ބައިބައިވުމުގެ ކުރިން ތިބި މެންބަރުންގެ އަދަދަށްވުރެ 1000 މެންބަރުން އެމްޑީޕީ އަށް އިތުރުވެއްޖެ.
އެމްޑީޕީ ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެވުމާގުޅިގެން ޕާޓީގެ ރައީސާއި އިސް ބައެއް މެންބަރުންތަކެއް އެ ޕާޓީއާއި ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސދައްކަތް ކުރަމުންގެންދާ މި ދަނޑިވަޅުގައި  އިލެކްޝަންސް ކޮމިޝަނުން 4 ޖުލައިގައި އާއްމުކޮށްފައި ސީޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދުތު ތަކަށްބަލާއިރު އެ މުއްދަތުގެ ތެރޭގައި އެމްޑީޕީ އާއި އަލަށް ހާހަކަށްވުރެ ގިނަ މެންބަރުން ގުޅިފައިވާކަން ހާމަވެއްޖެއެވެ.   މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ހާމަކޮސްފައިވާ ތަފާސް ހިސާބުތަކަށްބަލާއިރު އެމްޑީޕީގެ ދަފްތަރުގައި ތިބީ 57 ހާސް މީހުންނެވެ. ނަމަވެސް 4 ޖުލައި ގައި އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަށް ބަލާއިރު މިހާރު އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 58 ހާހަށްވުރެ މަތިވެފައެވެ. އެހެންކަމުން އެ ޕާޓީ ބައިބައިވެ އިސްބައެއްފަރާތްތަކުން އެ ޕާޓީ ދޫކޮށް ދިއުމަށްފަހު އެ ޕާޓީއާއި އަލަށް ގިނަ ފަރާތްތަކަކުން ގުޅެމުންދާކަން ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ