މާލެ: 31°C

ޕާޓީތަކުގެ ދަފްތަރުގައި 'ދަ ޑިމޮކްރެޓްސް' ހިމަނަން އީސީން ނިންމައިފި

July 12, 2023
2 ފަހަރު ބަލާފައި
ޕާޓީތަކުގެ ދަފްތަރުގައި 'ދަ ޑިމޮކްރެޓްސް' ހިމަނަން އީސީން ނިންމައިފި
ޕާޓީތަކުގެ ދަފްތަރުގައި 'ދަ ޑިމޮކްރެޓްސް' ހިމަނަން އީސީން ނިންމައިފި
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބައެއް މެންބަރުން އުފައްދާފައިވާ 'ދަ ޑިމޮކްރެޓްސް' އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް އީސީން ނިންމައިފި އެވެ. އީސީން މިއަދު ބޭއްވި އެ ކޮމިޝަންގެ 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް ނިންމާފައިވާކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފަ އެވެ. ދަ ޑިމޮކްރެޓްސްއިން ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކޮށްފައި ކަމަށް ހަބީބް ވިދާޅުވި އެވެ. ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގައެވެ. މި ޖަލްސާގައި ޕާޓީގެ ވަގުތީ ޖެއާޕާސަންގެ މަގާމަށް ހަމަޖައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އާއި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފުވެސް ވަނީ އިންތިހާބުކޮށްފަ އެވެ. ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި ކުރިން ތިއްބެވި 13 މަޖިލިސް މެންބަރަކު އެމްޑީޕީން ވަކިވެ ވަޑައިގެން އުފައްދާފައިވާ ޕާޓީއެކެވެ. މި ހުރިހާ މެންބަރުންނަކީވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނެވެ. ރައީސް ނަޝީދުވެސް މިހާރުވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުން އޮންނާނީ މިރޭ ބާއްވާ ޖަލްސާއެއްގައިކަމަށް މީގެ ކުރިން ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ. އ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ