މާލެ: 31°C

ޕާޓީތަކާއި އެކު މަޝްވަރާ ކުރާ ކޮމިޓީގައި މިހާރު މި އަދާ ކުރަނީ މާ އިސް ދައުރެއް: ޝިޔާމް

July 22, 2023
2 ފަހަރު ބަލާފައި
ޕާޓީތަކާއި އެކު މަޝްވަރާ ކުރާ ކޮމިޓީގައި މިހާރު މި އަދާ ކުރަނީ މާ އިސް ދައުރެއް: ޝިޔާމް
ޕާޓީތަކާއި އެކު މަޝްވަރާ ކުރާ ކޮމިޓީގައި މިހާރު މި އަދާ ކުރަނީ މާ އިސް ދައުރެއް: ޝިޔާމް
ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކޮމިޓީގައި މިހާރު އަދާ ކުރަނީ ކުރިއަށް ވުރެ އިސް ދައުރެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ވިދާޅުވީ މިހާރު ފެތުރެމުންދާ ވާހަކަތަކަކާއި ގުޅިގެން 'މިނިވަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންނަވައިގެން ފޮނުއްވި ނޯޓަކާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި މެދު ފިޔަވަޅުތަކެއް އަޅުއްވާފައި ވެއެވެ. އެގޮތުން އެ ދެބޭފުޅުންވެސް މިހާރު ވަނީ ޕީޕީއެމްގެ ފަންޑް ރައިޒިން ކޮމިޓީން ދުރުކޮށްފައި ކަމަށާއި ޝިޔާމް ވަނީ ޕާޓީތަކާއި އެކު މަޝްވަރާ ކުރާ ކޮމިޓީން ދުރުކޮށްފައި ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ. ޝިޔާމް ވިދާޅުވީ އެއްވެސް އިރެއްގައި އޭނާ ފަންޑް ރައިޒިން ކޮމިޓީގައި ނީންނަވާ ކަމަށެވެ. "އަޅުގަނޑު އެއްވެސް އިރެއްގައި ފަންޑް ރައިޒިން ކޮމިޓީގަ ނީންނާނެ. ޕާޓީ ޓޯކްސްގަ އަޅުގަނޑުގެ ދައުރަކީ މިހާރު އޯވަސައިޓް ރޯލެއް. މާ ބޮޑު ރޯލްއެއް ކުރިއަށް ވުރެ،" ޝިޔާމް ވިދާޅުވި އެވެ. އިންތިހާބު ގާތްވަމުންދާ ވަރަކަށް ޕީޕީއެމް އަދި ޕީއެންސީ ތެރޭގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ. އަދި އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ޖަލުގައި ހުންނެވުމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ޕާޓީގެ އެހެން ބައެއް ބޭފުޅުން އުޅުއްވާކަމުގެ އަޑުތައްވެސް އަންނަނީ އިވެމުންނެވެ. ނަމަވެސް މިހުރިހާ ވާހަކައެއް ޕީޕީއެމްއިން ދޮގު ކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ