މާލެ: 31°C

އޮންލައިންކޮށް ސަދަގާތް ކުރެވޭ އިންތިޒާމް ހަމަޖައްސައިފި

August 28, 2024
2 ފަހަރު ބަލާފައި
އޮންލައިންކޮށް ސަދަގާތް ކުރެވޭ އިންތިޒާމް ހަމަޖައްސައިފި
އޮންލައިންކޮށް ސަދަގާތް ކުރެވޭ އިންތިޒާމް ހަމަޖައްސައިފި
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ސަދަގާތް ކުރުމަށް ހާއްސަ ޕޭޖެއް ހަމަޖައްސައިފިއެެވެ. މި ޕޭޖް ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ މިނިސްޓާރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓާރ ޑރ. ޝަހީމް ވިދާޅުވީ، މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަދަގާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމަށާއި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިލައްވާކަމަށެވެ. އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ގުރުއާން ހިފްޒު ކުލާސްތަކަށް އެހީވުމާއި، އުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް އެހީވުމާއި، އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް އެހީވުމާއި، މިސްކިތް ބިނާކުރުމަށް އެހީވުމާއި،، ގުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް އުމްރާއަށް ފޮނުވުމާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ