ނާޒިމްގެ ރަނިންމޭޓް ހޮނިހިރު ދުވަހު އިއުލާން ކުރަނީ

ނާޒިމްގެ ރަނިންމޭޓް ހޮނިހިރު ދުވަހު އިއުލާން ކުރަނީ
ލިޔުން:
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓް އިއުލާން ކުރުން އަންނަ ހޮނިހިރު ދުވަހު ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އެމްއެންޕީން ބުނީ ނާޒިމްގެ ރަނިންމޭޓް އިއުލާން ކުރާނީ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގައި ބާއްވާ ޖަލްސާއެއްގައި ކަމަށެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ރަނިންމޭޓެއް އެ ޕާޓީން ކަނޑައަޅާފައިވަނީ ފަސް ވަރަކަށް މީހުންނާއި އިންޓަވިއު ކޮށްފައިކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ނާޒިމްގެ އިންތިހާބީ އޭޖެންޓް އަހުމަދު އުޝާމް 'މިނިވަން' އަށް މައުލޫމާތު ދެއްވި އެވެ.
ނާޒިމް އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. މީގެ އިތުރުން ނާޒިމް ވަނީ 'އުޖާލާ ޒަމާން' ގެ ނަމުގައި މައިގަނޑު ނުވަ ކަމެއްގެ މައްޗަށް އެކުލެވޭ މެނިފެސްޓޯއެއް ތައްޔާރުކޮށްފަ އެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް ހަވާލުކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ ހަތްވަނަ ދުވަހެވެ. އަދި މިހާތަނަށް ފޯމް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެވެ. ނަމަވެސް އީސީން ވަނީ ޔާމީންގެ ޝަރުތު ހަމަނުވާކަމަށް ބުނެ ފޯމް ގަބޫލު ނުކުރަން ނިންމާފަ އެވެ.
އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ގިނަ ބޭފުޅުން އަންނަނީ ރަނިންމޭޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
