ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ދެ ވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
ނާޒިމްގެ އިންތިހާބީ އޭޖެންޓަކަށް އުޝާމް ހަމަޖައްސައިފި

ނާޒިމްގެ އިންތިހާބީ އޭޖެންޓަކަށް އުޝާމް ހަމަޖައްސައިފި
ލިޔުން:
މޯލްޑިވްސް ނެޝަނަލް ޕާޓީ - އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ އިންތިހާބީ އޭޖެންޓަކަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ހަމަޖައްސައިފި އެވެ.
ނާޒިމްގެ އިންތިހާބީ އޭޖެންޓަކަށް އުޝާމް ހަމަޖެއްސިކަން އެމްއެމްޕީން އިއުލާން ކުރީ އެ ޕާޓީން މިއަދު ކުރި ޓްވީޓެއްގަ އެވެ.
އުޝާމްއަކީ ވިލިމާލެ ދާއިރާގެ މެންބަރުގެ އިތުރުން އެމްއެންޕީގެ ނައިބު ރައީސް އެވެ.
ރިޔާސީ އިންތިހާބަސް ތައްޔާރުވުމުގެ ގޮތުން އެމްއެންޕީން އަންނަނީ ކެމްޕޭން ހަރަކާތްތައްވެސް ކުރިއަށް ގެންދަމުންނެވެ. އަދި އެކި ޕާޓީތަކާއި އެކު ކޯލިޝަންގެ މަޝްވަރާވެސް އެ ޕާޓީން އަންނަނީ ކުރަމުންނެވެ.
އެމްއެންޕީގެ އިތުރުން އެމްޑީޕީންވެސް ވަނީ އިއްޔެގެ ވަގުތެއްގައި އެޕާޓީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އޭޖެންޓެއް ހަމަ ޖައްސާފަ އެވެ. ރައީސް ސޯލިހުގެ އިންތިހާބީ އޭޖެންޓަކަށް ހަމަ ޖެއްސެވީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އޭޖެންޓަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސާފައިވާކަން އެ ޕާޓީން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާޞުގައި ވާދަކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އިންތިހާބުގައި ކުރިމަތި ލުމަށް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައި އޮންނާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
