ތ. ކިނބިދޫ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނާޝިޒަކީ އެކައުންޓިން ދާއިރާއިން އޮސްޓްރޭލިއާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ސިޔާސީ ތަޖުރިބާކާރެކެވެ. މިހާރު ގުނަމުން މިދަނީ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ ދެވަނަ ދައުރެވެ.
ކިނބިދޫ ދާއިރާއާ ނާޝިޒުއާ ރަހުމަތްތެރިކަން އުފެދި ގުޅުން ގާތްވެގެން ދިޔައީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ އެތައް އަހަރެއް ކުރީއްސުރެ އޭނާ ވަނީ ދާއިރާގެ އިގްތިސާދު ފުޅާކޮށް ކުރިއެރުމަށް އަމަލީ ގޮތުން މަސައްކަތްތަކެއް ކޮށްދީފައެވެ. އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް މިހާރު އައިސްފައިވާ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ ބާނީއަކީ ވެސް އޭނާއެވެ.
"ކުރީ ސަރުކާރުތަކުން ކިނބިދޫ ދާއިރާގެ މަތިން ހަނދާން ނައްޓާލާފައި އޮއްވައި އެ ދާއިރާ ޗާޓަށް ގެނެސްދިނީ އެމްޑީޕީ ސަރުކާރާއެކު އަޅުގަނޑު ކުރި މަސައްކަތުން. މިކަން ކިނބިދޫ ދާއިރާގެ ރައްޔިތުން ގަބޫލުކުރާނެ. އަދި މިކަން ކިނބިދޫ ދާއިރާގެ ކޮންމެ ރަށަކުންވެސް ފެންނަން އޮންނާނެ. އަޅުގަނޑަކީ ދާއިރާގެ އެންމެން ދަންނަ މީހެއް. އެންމެންގެ ވާހަކަތައް އަޑުއަހައި، ދާއިރާއަށް ކަންކަން ކޮށްދޭނެ އިހްލާސްތެރިއެއް. ފޯނަށް ޖަވާބުދޭ މީހެއް، ސިޔާސީ ދާއިރާއަށް ނިކުތުމުގެ މާކުރިން އަޅުގަނޑާ ކިނބިދޫ ދާއިރާގެ މީހުންނާ ގުޅުން އޮންނާނެ. ދާއިރާގެ ހާލަތު ނޭނގޭ މީހަކު ނުހުންނާނެ." ދާއިރާގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވިއެވެ.
[caption id="attachment_99353" align="aligncenter" width="750"]
ނާޟިޒް ރައީސް ސޯލިހާއެކު. ނާޝިޒްއަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ އިންތިހާބީ އެޖެންޓް[/caption]
ކިނބިދޫ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ނާޝިޒަކީ ހުލްގުހެޔޮ، މީހުންނާ ގުޅޭ ރައްޔިތުންގެ ހާލަތު ރަނގަޅަށް ދަންނަ ދާއިރާގެ ކުރިއެރުމަށްޓަކައި މުހިއްމު ބޭފުޅެކެވެ. އެއީ އޭނާގެ ތަސައްވުރު ރައްޔިތުންނަށް ސާފުކޮށްދީފައިވާތީއެވެ.
"އިގްތިސާދީ ގޮތުން ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދާއިރާއަކަށްވުން. ފަސްރަށުގެ ހުރިހާ އިންފްރާސްޓްރަކްޗަރއެއް ގާއިމްކޮށް، މަގުތަކުގައި ތާރުއަޅާ، ގެސްޓްހައުސްގެ ވިޔަފާރިފުޅާކޮށް، 2000 ޓަނުގެ މަސްގަންނަ ފެސިލިޓީއެއް ގާއިމްކޮށް އެތަކެއް ސަތޭކަ ވަޒީފާއެއްގެ ފުރުސަތު ދާއިރާގެ ރައްޔިތުންނަށް ހޯދައިދިނުން،" އަންނަ އަހަރު ބަޖެޓްގައި ޖަހާފައިވާ ކަންކަމަށް އިޝާރާތްކޮށް ދާއިރާގެ ބަހުސްގައި ވަރަށް ސާފުކޮށް ތިލަކޮށް ދާއިރާއާމެދު އޭނާ ކުރައްސަވާފައިވާ ތަސައްވުރު ވިދާޅުދެއްވިއެވެ.
ނާޝިޒަކީ ސިޔާސީ އަދި މާލީ ތަޖުރިބާގެ އިތުރުން ޕާލިއަމެންޓްރީ ތަޖުރިބާވެސް ބޮޑު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ފަސް އަހަރު ބަޖެޓް ކޮމިޓީގެ މުގައްރިރުކަން އަދާކުރައްވާފައެވެ.، އެނާއަކީ މިދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުވެސްމެއެވެ. އަދި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެމްބަރެކެވެ.
ބައިނަލްއަގުވާމީ ދާއިރާގައިވެސް ނާޝިޒުގެ ނަން ވަނީ ދިވެހި ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ކޮމަންވެލްތު ޕާލިއަމެންޓްރީ އެސޯސިއޭޝަންގެ ޕަބްލިކްއެކައުންޓްސް ކޮމިޓީގެ މިހާރުގެ ޗެއާމަންގެ މަގާމަށް ނާޝިޒު އިންތިހާބުވުމަކީ ދިވެއްސަކު މި އިންތިހާބުވި ފުރަތަމަ ފަހަރު ކަމުން، މިއީ ރާއްޖެއަށް ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ކިނބިދޫ ދާއިރާއަށް ލިބުނު ރީތި ނަމެކެވެ. ފަހުރެކެވެ. ޝަރަފެކެވެ.
ނާޝިޒުގެ އެދުމަކީ އޭނާގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި ދާއިރާގެ ރައްޔިތުންގެ ތާއީދު އޭނާއަށް ދެއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާ ތަމްސީލުކުރުމުގެ އިތުރު ފުރުސަތެއް ދިނުމެވެ.
"އަޅުގަނޑު މިދާއިރާގެ ރައްޔިތުން ދޫކޮށެއް ނުލާނަން. ތަސައްވުރެއް އޮވެގެން އިތުރު ދައުރަކަށް މި ކުރިމަތިލީ ރައްޔިތުން ފަހުރުވެރިވާނެ އިތުރު މަސައްކަތްތަކެއް ކޮށްދިނިމުގެ މަގުސަދުގައި. އަޅުގަނޑަކީ ރައްޔިތުންގެ މީހެއް،" ނާޝިޒު ވިދާޅުވިއެވެ.
ނާޝިޒްގެ މެމްބަރުގަމުގައި ކިނބިދޫ ދާއިރާގެ 5 ރަށް ކަމަށްވާ ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ އަދި ކަނޑޫދޫގައި ތަރައްޤީގެ އެތައް ޕްރޮޖެޓްތަކެއް ދަނީ ހިނގަމުންނެވެ.







