މާލެ: 31°C

ނަޝީދު އުފައްދަވާ ޕާޓީއަށް ކިޔާނެ ނަމެއް ހުށަހަޅަން ހުޅުވާލައިފި

May 20, 2023
2 ފަހަރު ބަލާފައި
ނަޝީދު އުފައްދަވާ ޕާޓީއަށް ކިޔާނެ ނަމެއް ހުށަހަޅަން ހުޅުވާލައިފި
ނަޝީދު އުފައްދަވާ ޕާޓީއަށް ކިޔާނެ ނަމެއް ހުށަހަޅަން ހުޅުވާލައިފި
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނިންމާފައިވާއިރު އެ ޕާޓީއަށް ކިޔާނެ ނަމެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސިޔާސީ ޕާޓީއަށް ނަމަކާއި ނަމުގެ ތަފުސީލުގެ އިތުރުން ކުލަ އާއި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ފިކުރެއްގެ ދިރުމުގެ ފަރާތުން ވަނީ ހުޅުވާލާފަ އެވެ. މި ހަރަކާތައް ފިކުރެއްގެ ދިރުމުން ވަނީ ގޫގުލް ފޯމެއް ހަދާފަ އެވެ.
ފިކުރެއްގެ ދިރުމުގެ ފަރާތުން ބުނެފައިވާ ގޮތުގައި ޕާޓީއަށް ނަމާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 6:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އަދި ޕާޓީގެ ކަންކަމާއި މެދު މަޝްވަރާކުރުމަށް މިރޭ ޒޫމް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ. "ފިކުރެއްގެ ދިރުން" ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ.
އެމްޑީޕީ ދެބައިވެ ސަރުކާރާ ހިޔާލު ތަފާތުވި ނަޝީދު ނިސްބަތްވާ ފެކްޝަންގައި ހިމެނޭ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

އެގޮތުން ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ 13 މަޖިލިސް މެންބަރަކު މިދިޔަ ހަފުތާގައި އެމްޑީޕީން ވަނީ ވަކިވެފައެވެ. އަދި ބުދަ ދުވަހު ވަނީ އާ ޕާޓީއެއް އުފައްދާނެކަން އިއުލާން ކޮށްފައެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ