މާލެ: 31°C

ނަމަނަމަ ރައީސް ޔާމީން ކުޅެން ނުހަދާތި: އަދުރޭ

February 5, 2023
2 ފަހަރު ބަލާފައި
ނަމަނަމަ ރައީސް ޔާމީން ކުޅެން ނުހަދާތި: އަދުރޭ
ނަމަނަމަ ރައީސް ޔާމީން ކުޅެން ނުހަދާތި: އަދުރޭ
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، އެމަނިކުފާނާއި ކުޅެން ނެހެއްދެވުމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ގޮވާލައިފިއެވެ. އިދިކޮޅު ކޯލިޝަނުން "ދުއްޕާން" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީނުގެ ނަންފުޅު އޮންނާނެ ކަމަށެވެ. އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ސަރުކާރަށް ހަޖަމް ނުވި ކަމަށާއި ހަޖަމުނުކުރެވުނަސް އެކަން ހުއްޓާލާނީ ރައީސް ޔާމީން ވެރިކަމަށް އައުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ. "ނަމަނަމަ ރައީސް ޔާމީން ކުޅެން ނުހައްދަވާތި. ނަހަދާތި. ރައީސް ޔާމީނާ ކުޅުމަކީ މި ގައުމުގެ މިނިވަންކަމާ ކުޅުން. ރައީސް ޔާމީން ކުޅުމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ލެއާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ މި ގައުމުގެ މާދަމާގެ މުސްތަގުބަލާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ އިސްލާމީ ވަންތަކަމާ ކުޅުން." އަދުރޭ ވިދާޅުވިއެވެ. މިޖަލްސާގައި އިދިކޮޅު ކޯލިޝަނުން  ވަނީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ