މާލެ: 31°C

މުސްލިމުންނަށް އޮތީ ރަމަޟާން ނިމުނެއް ކަމަކު، ހެޔޮއަމަލުތައް ކުރުންމަތީ ދެމިތިބުން: ހުތުބާ

April 5, 2024
2 ފަހަރު ބަލާފައި
މުސްލިމުންނަށް އޮތީ ރަމަޟާން ނިމުނެއް ކަމަކު، ހެޔޮއަމަލުތައް ކުރުންމަތީ ދެމިތިބުން: ހުތުބާ
މުސްލިމުންނަށް އޮތީ ރަމަޟާން ނިމުނެއް ކަމަކު، ހެޔޮއަމަލުތައް ކުރުންމަތީ ދެމިތިބުން: ހުތުބާ
ރަމަޟާންމަސް އަލްވަދާއު ކިޔެއްކަމަކު މުސްލިމުންނަށް އޮތް ގޮތަކީ ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބުން ކަމަށާއި، ފުރިހަމަ މުއުމިނަކު ، ދުވަހަކުވެސް ހެޔޮއަމަލު ކުރުމަކަށް އަލްވަދާއު ނުކިޔާނޭކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. މި ހުކުރަކީ މިފަހަރުގެ ރަމަޟާންމަހުގެ އެންމެ ފަހު ހުކުރުކަމުން، މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ރަމަޟާން މަހަށްފަހު، ހެޔޮއަމަލު ކުރުންމަތީ ދެމިތިބޭށެވެ" ހުކުރު ހުތުބާގައި ބުނީ ރަމަޟާންމަސް އަހަރުމެންނާ އަލްވަދާއުކިޔަން ތައްޔާރުވަމުންދާއިރު، ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން މުސްލިމުންނަށް އޮތް ގޮތަކީ ހެޔޮ އަމަލުތައް ކުރުން މަތީ ދެމިތިބުން ކަމަށެވެ. އަޅުކަން ކުރުމަކީ އަހަރުމެން ޚަލްގުކުރެއްވުމުގެ މަގުސަދެވެ. މިކަމާއި ގުޅޭގޮތުން މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގަ ވެއެވެ. "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ" ހުކުރު ހުތުބާގައި ބުނީ، އެ އާޔަތުގެ މާނައަށް ބަލާއިރު އަޅޫކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަން ވާނޭ ކަމެއް ނޫން ކަމަށާއި، އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ އެހެނިހެން މަސްތަކުގައިވެސް ވެރި ﷲ ކަމަށެވެ. މުއުމިނުންނަކީ ވަކި މަހެއްގައި، ވަކި މޫސުމެއްގައި ﷲ އަށް އަޅުކަން ކުރަންޖެހޭ ބައެއް ނޫނެވެ. މުޅި ހަޔާތުގައިވެސް އަޅުކަންކުރަން ޖެހެއެވެ. މާތް ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަމަޟާންމަހު ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ. ހުތުބާގައި ބުނީ ރަސޫލާގެ މި ހަދީސަށް ބަލާއިރު، ޝައްވާލުމަހުގެ ރޯދައަށް ރައްކާތެރިވެ ހެޔޮއަމަލުކުރުންމަތީ ދެމިތިބުމަށް ނަސޭހަތްތެރިވާ ކަމަށާއި، އެހެނީ ހެޔޮ އަމަލުތަކަކީ ނުބައި އަމަލުތަކުގެ ކައްފާރާ ކަމަށެވެ. ހުތުބާގައި ބުނީ ކުރިން ކުރެވިފައިވާ ހެޔޮއަމަލުތަކަކީ ގިނަގުނަ އަމަލުތަކެއްކަމުގައި އަހަރުމެން ދެކިގެން ނުވާނޭ ކަމަށާއި، އެހެނީ ކުރެވުނު ހެޔޮއަމަލުތަކަށްޓަކާ ބޮޑާވެ އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ އަމަލުތައް ބާތިލުވެދާނެ ކަަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ