މާލެ: 31°C

މުސްލިމް ވަރލްޑް ލީގުގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ޑރ.ޝަހީމް

April 9, 2024
2 ފަހަރު ބަލާފައި
މުސްލިމް ވަރލްޑް ލީގުގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ޑރ.ޝަހީމް
މުސްލިމް ވަރލްޑް ލީގުގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ޑރ.ޝަހީމް
މުސްލިމު ވަރލްޑް ލީގުގެ (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ. ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖްލީހެވެ. އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މުސްލިމް ވަރލްޑް ލީގްގެ އެންމެ މަތީ މަޖްލީހަށް ޑރ ޝަހީމް ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާ ކަމަށެވެ. ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާއެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ. https://twitter.com/MVIaffairs/status/1777426937813815688 ރާބިތާގެ އެންމެ މަތީ މަޖިލީހުގެ މެމްބަރަކަށް ޑރ. މުހައްމަދު ޝަހީމް އައްޔަނުކުރައްވާފައިވާއިރު، އެމަނިކުފާނުވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ރާބިތާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުއްރަހްމާން ބިން އަބްދުﷲ ޒައިދު އާ ބައްދަލުކުރައްވައި ރާއްޖޭގައި އެ ޖަމިއްޔާގެ އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ