މުރައިދޫ ގައި ތިން މަޝްރޫއެއް އިފްތިތާހު ކޮށްދެއްވައި އެ ރަށުގައި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދާވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މުރައިދޫ ގައި ތިން މަޝްރޫއެއް އިފްތިތާހު ކޮށްދެއްވައި އެ ރަށުގައި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދާވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ލިޔުން:
ހއ. މުރައިދޫ ގައި ތިން މަޝްރޫއެއް އިފްތިތާހު ކޮށްދެއްވައި އެ ރަށުގައި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދާވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ހއ. މުރައިދޫ އަށް ވަަޑައިގެން ބޭއްވި ބައްދަލުވުމުގައި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރަށުގެ މަގުތައް, ފެންހިންދާ ނިޒާމާއެކު ތަރައްގީކޮށްދެއްވާނެ ކަމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރައްވާނެ ކަމަށެވެ. އަދި އޭގެ އިތުރުން ރަށުގެ އަންހެނުން އެދޭ ގޮތަށް ވޮލީ ކޯޓެއްވެސް ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ، މުރައިދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އިންޖީނުގެއާ އޮފިސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގެ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވައިފައެވެ.
މިއަދު ރައީސް ސޯލިހު ހުޅުއްވައި ދެއްވި، ފުޓުބޯޅަދަނޑަކީ، ޓަރފްއަޅައި ޒަމާނީފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ފެނަކައިން މުރައިދޫގައި އިމާރާތްކުރި ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރިން ހުރި އިންޖީނުގެ ހުރީ އަވަށުތެރޭގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 620ކިލޯވޮޓް އެވެ. އަދި ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޢިމާރާތެކެވެ.
މުރައިދޫގެ ފެނުގެ ނިޒާމްގާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ހަވާލުކޮށްގެންނެވެ. މިމަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، 129 ގެއަކަށް މިހާރު ވަނީ، ކަނެކްޝަން ގުޅައިދީފައެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި

ކާގިލް ފައިނޭސް އިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް މަތީގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ރައީސް ޑރ.މުއިއްޒު އަރުވައިފި

10 މިލިއަނަށް ކުރެވޭ ކަންކަން 100 މިނަށް އެވޯޑްކޮށް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަންޖެހޭގޮތަށް ހަދާ ކޮންޓްރެކްޓްތައް ފަދަ ހުރިހާ ކޮންޓްރެކްޓެއް އެމްޑީޕީ އައިސް ބާތިލުކުރާނަން: އަމީރު

ތަހުގީގު އިދާރާތަކަށް ކައުންސިލްތަކުން އެއްބާރުލުން ދިނުމަށް އެލްޖީއޭއިން އަންގައިފި

ޑީއެންއާރުގަހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ފޯމު ފުރިމައްސަލަ އޭސީސީ އާއި ފުލުހަށް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
