މާލެ: 31°C

މުޖުތަމައުގައި އަންހެނުންގެ ދައުރު އަދާކުރެވޭނީ ނަފްސާނީ ދުޅަހެޔޮކަމާ އިޖުތިމާއި ގުޅުންތަކަށް ސަމާލުކަންދީގެން: ޑރ. އަނާރާ

April 17, 2023
2 ފަހަރު ބަލާފައި
މުޖުތަމައުގައި އަންހެނުންގެ ދައުރު އަދާކުރެވޭނީ ނަފްސާނީ ދުޅަހެޔޮކަމާ އިޖުތިމާއި ގުޅުންތަކަށް ސަމާލުކަންދީގެން: ޑރ. އަނާރާ
މުޖުތަމައުގައި އަންހެނުންގެ ދައުރު އަދާކުރެވޭނީ ނަފްސާނީ ދުޅަހެޔޮކަމާ އިޖުތިމާއި ގުޅުންތަކަށް ސަމާލުކަންދީގެން: ޑރ. އަނާރާ
މުޖުތަމައުގައި އަންހެނުންގެ ދައުރު އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާއިއެކު ހުރެގެންކަމަށާއި އެގޮތުން އަޅުކަންތައް ބަރާބަރަށް އަދާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުންފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަންކަމަށް ޑރ. އަނާރާ ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ ރޭ އިިހްޔާ ފޯރަމްގައި ތަގަރީރުކުރައްވަމުންނެވެ. އަނާރާ ވިދާޅުވީ މުޖުތަމައުު ބިނާކުރުމުގައި އަންހެނުންނަކީ މުޖުތަމައުގައި ތަފާތު ދައުރު އަދާކުރާ ބައެއް ކަމުގައެވެ. އެގޮތުން އަންހެން ދަރިއެއްގެ ގޮތުގައިއާއި، ކޮއްކޮއެއް، ދައްތައެއް، އަނތްބެއް، މަންމައެއް، ނޫނީ މާމައެއްގެ ދައުރު މުޖުތަމައެއްގައި  އަންހެނަކު އަދާކުރާކ އިރު މިދައުރުތައް އަދާ ކުރެވޭނީ އަންހެނުން އަމިއްލަ ނަފްސަށް ސާބިތުކަމާއި އެކު ތިބެގެން ކަމަށް އަނާރާ ވިދާޅުވިއެވެ. ރޭގެ މައުޟޫ "މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު" މި މައުޟޫއަށް ތަގްރީރް ކުރެއްވީ ރާއްޖޭގެ ދެ އަންހެން އިލްމުވެރިން ކަމުގައިވާ ޑރ. އަނާރާ ނައީމް އާއި އަލްއުސްތާޛާ އާއިޝާ ހަލީލާ އެވެ. އިސްލާމީ ޝަރީއަތް އައުމުން އަންހެނުންނަށް ލިބުނު އިންސާނީ ހައްގުތަކާއި ދީނުގައި އަންހެނުން ގެ މަގާމާއި ބެހޭ ގޮތުން ވެސް އަނާރާ ވާހަކަ ދެއްކެވިއެވެ. ރޭގެ ފޯރަމްގައި ތަގުރީރުކުރައްވަމުން އަލްއުސްތާޛާ އާއިޝާ ހަލީލާވަނީ އިސްލާމީ ތާރީހުން އަންހެނުންގެ ދައުރަށް ވަރަށް  ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެ ގޮތުން އިސްލާމީ އުންމަތުގެ އަންހެން ބޭފުޅުންގެ ވަރަށް ބޮޑު ދައުރެއްވާކަން ފާހަގަކުރެއްވިއެވެ. އަދި އިލްމު އުނގެނުމަކީ ވާޖިބެއްކަމަށް ރަސޫލާ  އަންގަވާފައިވާކަމަށާއި އަންހެނުންގެ ދައުރު ފުޅާކުރެވޭނީ އިލްމު އުނގެނިގެންކަމަށް ވިދާޅުވެ މަޝްހޫރު އިލްމުވެރިން ތަރުބިއްޔަތުކުރުމުގައި އެބޭފުޅުންގެ މަންމައިންގެ  ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ. ހުރިހާ ޖީލެއް ބިނާކުރާ ބަޔަކީ އަންހެނުންނަށްވާއިރު  އަންހެނުންނަށް ޝަރުއީ ގޮތުން ހަވާލުވެފައިވާ ދައުރު އަންހެނުންނަށް އަދާކުރެވޭނީ އަންހެނުންނަކީ ރަނގަޅު އިލްމެއް ލިބިފައިވާ ބަޔަކަށް ވެގެންކަމަށްވެސް އާއިޝާ ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ